ޚަބަރު

ޕޭ ކޮމިޝަންގެ މެމްބަރުކަމަށް ޢާއިޝަތު ފަރީދާ ޢައްޔަންކުރައްވައިފި


ނެޝަނަލް ޕޭ ކޮމިޝަންގެ މެމްބަރުކަމަށް ޢާއިޝަތު ފަރީދާ ޢައްޔަންކުރައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޭޝަނަލް ޕޭ ކޮމިޝަންގެ މެމްބަރުކަމަށް ޢާއިޝަތު ފަރީދާ ޢައްޔަން ކުރައްވާފައިވަނީ މިއަދުއެވެ. ޕޭ ކޮމިޝަނަކީ ދައުލަތުގެ މުސާރައިގެ އޮނިގަނޑު އެކުލަވާލައި، މުސާރައިގެ ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނެކެވެ.

ކޮމިޝަނަށް މިއަދު އައްޔަންކުރެއްވި ފަރީދާއއެކު އ ކޮމިޝަންގެ 5 މެމްބަރުން ވަނީ ހަމަވެފައެވެ. ކޮމިޝަންގެ ރައީސްއަކީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. ޕޭކޮމިޝަނުން މިހާތަނަށް ކުރެއްވި މަސައްކަތުން ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ދެނެގަނެވިފައިވާ ކަމަށް ނެޝެނަލް ޕޭ ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އެކިވުޒާރާތަކާއި، ޢާންމު ކުންފުނިތަކާއި މިނޫނުވެސް ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑައުޖޭރައެއް ކަނޑައެޅުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. މިވަޢުދު ތަންފީޒު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރެވެމުންދާއިރު، މުސާރައިގެ ގޮތުގައިދެވޭ އެންމެ ކުޑައުޖޫރައެއް އަންނަ އަހަރުގެ ތެރޭގައި ކަނޑައެޅިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލްވެސް ވަނީ ވިދާޅުވެފައެވެ.