ޚަބަރު

2 ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެ


މާލެ ފަޅު ބޭރުން 2 ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގައި އަނިޔާވެ ހޮސްޕިޓަލުން ފަރުވާދީފައިވަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށާއި، 28 އަހަރާއި 38 އަހަރުގެ ދެ ފިރިހެންނެއްގެ އިތުރުން އިތުރުން 50 އަހަރުގެ ފިރިހެނަކަށްކަމަށެވެ. މީގެ ތެރެއިން 50ގެ މީހާއަށް އައިޖީއެމް ހޮސްޕިޓަލުގެ އޮބްޒަވޭޝަންގައި މިހާރުވެސް ފަރުވާ ދެމެންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އެކްސިޑެންޓް ހިނގައިގެން އުޅޭކަމުގެ މަޢޫލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު ދިހަ ގަޑި އަށެއް އެހާކަންހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

އެކްސިޑެންޓްވި ދެ ލޯންޗު މިހާރު ވަނީ މާލޭގެ އެއް ނަންބަރު ފާލަމާ ދިމާލު ފަޅުތެރެއަށް ވައްދާފައެވެ. މ ތަނުން އެ ލޯންޗަކީ ޅ. އަތޮޅުގެ ފެރީގެ ޚިދުމަތްދެމުން އަންނަ ލޯންޗެކެވެ.