ޚަބަރު

ޖަޕާންގެ 2 މަނަވަރެއް ރާއްޖެ އަތުވެއްޖެ


ރަޙުމަތްތެރިކަމުގެ ދަތުރެއްގައި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރެއް މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެެވެ.

މިމަހު 15 ން 18 އަށް ރާއްޖެ ޒިޔާރަތްކުރަމުންދާ ޖަޕާން އަސްކަރިއްޔާގެ ދެ މަނަވަރަކީ "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އާއި "ޖޭއެމްއެސްޑީއެފް ބުންގޯ" އެވެ.

ޖަޕާން އަސްކަރިއްޔާގެ ދެ މަނަވަރު ރާއްޖެއަށް މި ކުރާ ޒިޔާރަތުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ކަނޑުމަތީގެ ތަމުރީން ތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އަސްކަރީ މަނަވަރުތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ ޑްރިލް ތަކާއި ފަޔަރ ފައިޓިން ގެ އިތުރުން ޑެމޭޖް ކޮންޓްރޯލް އާއި ނޭވަލް ޑްރިލްސް ހިމެނެއެވެ.

މިއަދު ރާއްޖެ ޒިޔާރަތްކުރި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ދެ މަނަވަރުގެ ތެރެއިން "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އަކީ ނޭވީ ޑިސްޓްރޯޔަރ ކްލާސްގެ މަނަވަރެކެވެ. އަދި "ޖޭއެމްއެސްޑީއެފް ބުންގޯ" އަކީ މައިން ކްލިއަރިން އަށް ބޭނުންކުރާ މަނަވަރެކެވެ.