ޚަބަރު

ބްރޯޑްކޮމްއަށް ކުރިމަތިލެއްވި ބޭފުޅުންގެ އިންޓަރވިއު ނޮވެމްބަރު 5 ،4 ، 6 ގައި


ބްރޯޑްކާސްޓިން ކޮމިޝަނަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވި ބޭފުޅުންނާ އިންޓަރވިއުކުރުން ނޮވެމްބަރު މަހުގެ 4،5،6، ގައި ބޭއްވުމަށް ނިންމައިފިއެވެ.

ބްރޯޑްކޮމްއަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަރވިއުކުރުމަށް ނޮވެމްބަރު މަހުގެ 5،4 އަދި 6 ގައި ބޭއްވުމަށް މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންވަނީ ފާސްކޮށްފައެވެ. 3 ދުވަހަކަށް އިންޓަރވިއުތައް ހަމަޖައްސަން ޖެހުނީ މި މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތައް ގިނަވުމުންކަމަށްވެސް ކޮމިޓީގެ މުޤައްރިރުވަނީ ވިދާޅުވެފައެވެ.

ބްރޯޑްކޮމް އިން ހުސްވެފައިވާ 2 މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ގިނަ އަދަދެއްގެ ބަޔަކުވަނީ ކުރިމަތިލާފައެވެ. މީގެތެރެއިން 36 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިދިޔަ މަހުގެ 27 ވަނަދުވަހު މަޖިލީހަށް ފޮނުއްވާފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ރާއްޖޭގެ މީޑިޔާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ބޭފުޅުންނާއި، މިހާރުވެސް މީޑިޔާގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ކުރިމަތި ލައްވާފައިވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވި ނަންތައް
- ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ
- މުހައްމަދު ހިލްމީ، ގ.ޑޭޒީފެހި
- އަހުމަދު ގައިސް، ސަނީޑެއިލް، ގދ. ތިނަދޫ
- އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު
- އާމިލާ އާދަމް، މއ. އަޅިފެހި
- އަހްމަދު ފައިރޫޒް، މއ. ރަސްއައިނު
- ޖައުފަރު ރަޝީދު، ފަތަކުމާގެ، ފ. ދަރަނބޫދޫ
- އައިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ
- ސައުދާ ސަލީމް، ރަބީއު މަންޒިލް، ހއ. ހޯރަފުށި
- ނަފީޒު މުހައްމަދު، ދަފްތަރު ނަންބަރު 14596
- އަބްދުއް ލަތީފް އަހްމަދު، ދަފްތަރު ނަންބަރު 2345
- ޔުސްރާ އަހުމަދު، ޖަނބުރޯޒްގެ، ގދ. މަޑަވެލި
- އަހްމަދު އަޝްރަފް، ވ. މަށިވެލި
- އަބްދުﷲ ރައްޔާން، ވައްތީނިގެ، ހދ. ކުޅުދުއްފުށި
- އާއިޝަތު ލީޒާ، ލޯރަލްއާގެ، ނ. ވެލިދޫ
- އަހްމަދު ޔަމާން މުޝްތާގު، މ. ބިއުޓީން ހައުސް
- މޫސާ ރިލްވާން، މ. ހާވިލާ
- އިބްރާހިމް ޝަރީފް، ގ. އަލިޝާ
- މުއުމިނާ އާދަމް، ގ. ހާފްޝީ
- އަލީ ސަމްއާން، ދަފްތަރު ނަންބަރު 5312
- އަހްމަދު މައުރޫފް، ނިއުލައިޓް، ލ. ކަލައިދޫ
- އައިޝަތު ހުސެއިން މަނިކު، ހ. ރީނދޫކޮކާގެ
- ފާތިނާ ގާސިމް، ދަފްތަރު ނަންބަރު 4055
- މުހައްމަދު ޝައްމޫން، މ. ވަސެލް
- ހިދާޔަތުﷲ، އޯޝަންރީޑް، ގދ. ތިނަދޫ
- އައިޝަތު ތަޝްކީލް، މއ. ކަނޑުބަލާގެ
- އިސްމާއިލް ސާޖިދު، މއ. ވިލާރޮނދި
- މުހައްމަދު ސަނޫން، ނައިޓްވިލާ، ބ. ފެހެންދޫ
- އަލީ ސައީދު، ބޭބީ ހައުސް، ޅ. ނައިފަރު
- މުހައްމަދު ސައުޒަމް، ކީސްވިލާ، ރ. އިނގުރައިދޫ
- އިބްރާހިމް ހަމްޒާ ޚަލީލް، ގ. ސުރުމުތި
- މުހައްމަދު އިބްރާހިމް މަނިކު، ކުޅިފަސް، ތ. ތިމަރަފުށި
- މަރިޔަމް ސައާދާ، ނަޝޭމަން، ރ. އުނގޫފާރު
- އާފިޔާ އަބްދުލް އަޒީޒް، ދަފްތަރު ނަންބަރު 8946
- އިބްރާހިމް ނަޝީދު، މ. އިރުވައިގެ
- މުހައްމަދު ފަރުހާދު، ހަސަންކާރިގެ، ސ. ހިތަދޫ

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ދެމެމްބަރެއްގެ މަޤާމު ހުސްވީ އެކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ޙަސަން ނަބާހާއި އިސްމާއީލް ސޮފްވާން މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.

މީގެއިތުރުން ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބް މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަޤާމަށް މިއަދު ހުޅުވާލާފައިވާއިރު، ކޮމިޝަންގެ ނާއިބު ރައީސް ފާތިމަތު ޒައިނާގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށް އޭނާ މަޤާމުން ވަކިކޮށްފައެވެ.