ވިޔަފާރި

އިފުރު އެއަރޕޯޓަށް ދަތުރުކުރުމަށް ތަފާތު އަގުތަކެއް


މިދިޔަމަހު ރ.އަތޮޅުގައި ހުޅުވި އިފުރު އެއަރޕޯޓަށް ދަތުރުކުރުމަށް ތަފާތު ފަސްއަގެއް ކަނޑައަޅާފައިވާ ކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.އިފުރަށް ދަތުރުކުރުމަށް ކަނޑައަޅާފައިވާ އެންމެ ހެޔޮ އަގަކީ 777 ރުފިޔާއެވެ. މިއީ އިފުރު ހުޅުވުމުގެ މުނާސަބަތާ ގުޅުވައިގެން މަސްދުވަހަށް ކުރިއަށްގެންދާ ޚާއްސަ ފެއަރއެއްކަމަށާއި، މި ފެއަރ ކުރިއަށްދާނީ މި ޖޫން މަހުގެ އޮނަތިރީސްވަނަ ދުވަހުގެ ނިޔަލަށްކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ. އަދި އިފުރަށް ދަތުރުކުރުމަށް ކަނޑައަޅާފައިވާ އާންމު އަގަކީ ތޭރަސަތޭކަ ތެއްތިރީސް ރުފިޔާކަން އިއުލާނުކޮށްފައިވާއިރު، ބާރަސަތޭކަ އެކާވީހާއި، އެއްހާސް ނުވަދިހަ ނުވަ ރުފިޔާއަށްވެސް އެއްކޮޅު ޓިކެޓް ވިއްކައެވެ.ދުވާލަކު ފުލައިޓެއް މިހާރު ބާއްވަމުންދާ އިފުރަށް އޮންނަ ޑިމާންޑަށްބެލުމަށްފަހު ފުލައިޓް އިތުރުކުރާނެކަމަށް މޯލްޑިވިއަނުންވަނީ ހާމަކޮށްފައެވެ.