ޚަބަރު

ހުވަދުއަތޮޅުގައި ކަނޑުއުޅަނދުފަހަރު ޗެކްކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފުން ފަށައިފި


ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބެލުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ފަށައިފިއެވެ.

އެމްއެންޑީއެފުން ފެށި މި ޕްރޮގްރާމްގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނގެ ސިފައިން ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށްވެސް ވަނީ ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ހުވަދުއަތޮޅުގައި މި ޕްރޮގްރާމް ކުރިއަށްދަނީ މިމަހުގެ 13 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.