ޚަބަރު

އެޗްއާރުސީއެމް އިން މޫސަ ވަކިކުުރުމަށް ކޮމިޓީއަށް ފޮނުވައިފި


ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމުން މޫސާ ޢަލީ ކަލޭފާނު ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ފޮނުއްވައިފިއެވެ.

އެޗްއާރުސީއެމްގެ މެމްބަރު މޫސާ ޢަލީގެ ކަލޭގެފާނާއި ގުޅިގެން ހިއުމަން ރައިޓްސް އެންޑް ޖެންޑާކޮމިޓީން ބަލަމުންދާ މައްސަލަކުރިއަށް ގެންދަވައި އޭނާ ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް މަޖިލިސް ރައީސްވަނީ މިއަދުގެ ޖަލްސާގައި ފޮނުވާފައެވެ.

އެޗްއާރުސީއެމްގެ މެމްބަރު މޫސާ އަލީގެ ކަލޭގެފާނުގެ މައްޗަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަން ތުހުމަތަކެއް ވަނީ ކުރެވިފައެވެ.

ކޮމިޓީ މަރުހަލާގައި މިމައްސަލަ ކުރިއަށްދިޔައިރު މެމްބަރުންވަނީ މޫސާ އަލީގެ ކަލޭގެފާނުގެ މައްޗަށް ކޮރަޕްޝަން ތުތުމަތުތަކެއް ކުރެވޭއިރު އޭނާ މިނިވަން މުއްސަތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަމުގެ މަޤާމުގައި ހުރުމަކީ އެ ކޮމިޝަނެއްގެ މުސްތަގިއްލުކަމާއި، ނަޒާހާތްތެރިކަން ގެއްލޭނެކަމެއްކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ޤަވާއިދުގެ 210 ވަނަ މާއްދާގައި ބުނާ ގޮތުން، މިނިވަން މުއައްސާތަކުގެ މެމްބަރުން، މަޤާމުން ވަކިކުރުމުގެ މައްސަލަ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޖިލީހަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ މެމްބަރުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވުމުގެ އިޙްތިޔާރު މަޖިލީހުގެ ރައީސަށް ލިބިގެންދެއެވެ.

މޫސާ ޢަލީ ކަލޭގެފާނު އެޗްއާރުސީއެމްގެ މެންބަރެއްގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި، 2015 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް ކުރެވޭ 24 މިލިޔަން ރުފިޔާގެ ތުހުމަތަކީ 2007 އިން 2010އަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމުގައި ހުންނެވި ދުވަސްވަރު ކުރެވުނު ތުހުމަތެކެވެ.