ޚަބަރު

ޑަބުލިއު ސްޕޯޓްސް އެކަޑަމީން ބީޗް ސްޕޯޓްސް ފެސްޓިވަލެއް ބާއްވަން ތައްޔާރުވެއްޖެ


ޑަބުލިއު ސްޕޯޓްސް އެކަޑަމީން މިނޮވެމްބަރު 13 ން 16 އަށް ކުޅުދުއްފުށީގައި ބާއްވާ ބީޗް ގޭމްސް ފެސްޓިވަލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ. މި ފެސްޓިވަލްގެ މެއިން ސްޕޮންސަރަކީ "ބާދުޝާހް" އެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ކުޅުދުއްފުށީ ކައުންސިލް އާއި ގުޅިގެން ޑަބްލިއު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ބާއްވާ މި ޕެސްޓިވަލް އޮންނާނީ ކުޅުދުއްފުށީ ހިއްކި ބިން ސަރަހައްދުގަ އެވެ.

ޖުމްލަ ފަސް ގޭމާ އާއެކު ރާއްޖޭގައި އަލަށް ބާއްވަން ހަމަޖެހިފައިވާ މި ފެސްޓިވަލްގެ މަގުސަދަކީ ބީޗް ފެސްޓިވަލްސް ކުރިއެރުވުން ކަމުގައި މި ކަން އިންތިޒާމްކުރާ ފަރާތުން ހާމަކުރެ އެވެ. މި ފެސްޓިވަލްގައި ހިމެނޭ ކުޅިވަރުތަކަކީ އެއާރ ބެޑްމިންޓަން ، ބީޗް ހޭޑްބޯލް ،ބީޗް ނެޓްބޯލް އަދި ތްރީ އޮން ތްރީ ބާސްކެޓް ބޯލްއެވެ.
ބީޗް ވޮލީ އަދި މި ފެސްޓިވަލްގެ ތެރެއިން ތައާރަފް ކުރާ އެއާރ ބެޑްމިންޓަނަކީ ވެސް ރާއްޖޭގައި އަލަށް ކުޅެވޭ ކުޅިވަރެކެވެ.

މި ފެސްޓިވަލުގައި އޮންނަ ސީނިއަރ ވިމެން ކެޓަގަރީގެ ތެރެއިން ބީޗް ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަން ޓީމްއަށް މާލޭގައި އޮންނަ ރެޑްބުލް ސްވިޓްޗް އަޕް މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ގޭމް ގައި ބައިވެރިވެވޭނީ ގިނަ ވެގެން 12 ޓީމަށެވެ.

3 އޮން 3 ބާސްކެޓް ޗެލެންޖުގައި ޖުމްލަ 3 ކެޓަގަރީއެއް ހިމެނެއެވެ. އެއީ ސީނިއަރ މެން ގެ އިތުރުން އަންޑަރ 14 ބޯއީސް އަދި އަންޑަރ 14 ގާލްސް އެވެ . މި ކޮންމެ ކެޓަގަރީއަކުން ވެސް ބައިވެރިވެވޭނީ ޖުމްލަ 8 ޓީމެވެ.

ސީނިއަރ އަންހެން އަދި ފިރިހެން ބީޗް ހޭންޑް ބޯލްގައި ކޮންމެ ކެޓަގަރީ އަކުން ބައިވެރިވެވޭނީ 16 ޓީމަށެވެ. ބީޗް ވޮލީ ބޯލް ގޭމްސް ހުޅުވާލެވިފައި ވަނީ ހަމަ އެކަނި ސީނިއަރ މެންސް އަށެވެ. ވޮލީގައި ބައިވެރި ވެވޭނީ ޖުމްލަ 12 ޓީމަށެވެ.

މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދޭ ގޮތުގައި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ގަވައިދު ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ ފޭސްބުކް ޕޭޖުން ލިބެން ހުނާނެއެވެ.