ދުނިޔެ

މާރސް ވައިރަސް ޖެހިފައިވާ މީހަކު ތައިލޭންޑުން ފެނިއްޖެ


ނުރައްކާތެރި މާސް ވައިރަސް ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ތައިލޭންޑުން ފެނިއްޖެއެވެ.މިކަން އިޢުލާން ކުރައްވާ ވާހަކަފުޅު ދައްކަވަމުން ތައިލޭންޑްގެ ޞިއްހަތާއި ބެހޭ ވަޒީރު،ޑރ. ރަޖަތަންވިން ވިދާޅުވީ،މާސް ވައިރަސް ފެނުނު މީހާއަކީ އުމުރުން 75 އަހަރުގެ ފިރިހެއްނެއް ކަމަށާއި،މީނާގެ ގައިން މާރސް ވައިރަސް ފެނުނީ ހިތުގެ ފަރުވާއަކަށް އޮމާނައަށް ދިއުމަށްފަހު އެނބުރި އައިފަހުން ކަމަށެވެ.މީނާ މާސް ވައރަސްއަށް ޕޮޒިޓިވްވީ ހިސާބުން ،އޭނާގެ އާއިލާގެ ތިން މެމްބަރުން އެކަހެރި ކޮށްގެން ގެންގުޅޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޮމާނުން އައި ފަހުން އޭނާއާ އެކި ގޮތް ގޮތުން ދިމާވީ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.ތައިލޭންޑަކީ ބޭސް ފަރުވާގެވިޔަފާރިން އަހަރަކު ހަތަރު ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ހޯދަމުން އަންނަ ޤައުމެކެވެ.މާރސް ވައިރަސް އެޤައުމުން ފެނުމުން ،ވިޔަފާރިއަށް ބުރު އަރާފާނެތީ މިވައިރަސް ކޮންޓްރޯލް ކުރުމަށް ތައިލޭންޑް ސަރުކާރުން ދަނީ  ވަރަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެވެ.