ވިޔަފާރި

ރޯދަމަސް ފެށުމާއިއެކު ކަރާގެ އަގު މައްޗަށް


ރަމަޟާން މަހުގެ ކުރިޔަށް އޮތް ދުވަސްތަކުގައި ކަރާގެ އަގު ބޮޑު ވާނެ ކަމަށް ވިޔަފާރި ކުރާ ފަރާތްތަކުން ބުނެފިއެވެ.ވިޔަފާރިވެރިން ބުނީ ކަރާގެ ޑިމާންޑް އޮތް ވަރަށް ކުރިއަށް އޮތް ދިހައެއް ނުވަތަ ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި މާލެއަށް ކަރާ އެތެރެކުރެވޭނެކަމުގައެވެ.ބާޒާރުގެ އަގުތަކަށް ބަލާއިރު މި ރޯދަމަހު އަގު އަރައިގެން ދާނެ އެކައްޗެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ކަރާގެ އަގެވެ.އިއްޔެ ކިލޯއެއް އަށާރައަށް ހުރިއިރު މިއަދު ކިލޯއެއް ވިއްކަނީ ވިއްސަށް ފަންސަވީހަށެވެ.ޕީ.އެސް.އެމްއާއި ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ކަރާގެ އަގު ހެޔޮވެގެން ނުދާނެ ކަމަށެވެ.ވިޔަފާރިވެރިން ބުނާގޮތުގައި ކޮންމެ ރަމަޟާން މަހެއްގައިވެސް އެންމެ ބޮޑު ޑިމާންޑެއް އޮންނަ އެކަށްޗަކީ ކަރާކަމަށާއި، އަދި އެންމެ ބޮޑު ފައިދާއެއް ލިބޭ އެއްކަޗަކީވެސް ކަރާ ކަމަށެވެ.މާލެއަށް އެންމެ ގިނަ އަދަދަކަށް ކަރާ ގެންނަނީ ތޮއްޑޫއިންނެވެ. ތޮއްޑޫ ވިޔަފާރިވެރިން ބުނާ ގޮތުން ކުރިޔަށް އޮތް ފަނަރަ ދުވަހަށް މެދު ނުކެނޑި ކަރާ ފޯރުކޮށްދެވޭނެއެވެ.މިއަދުވެސް ތޮއްޑޫއިން ކަރާ ބަރުކޮށްގެން ދޯންޏެއް އައިއިރު މި ދޯނިންވެސް ވިހި ނުވަތަ ތިރީސް ޓަނުގެ ކަރާ ގެނެވިފައިވާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ.މިވަގުތު ބާޒާރުގައި ތޮއްޑޫ ކަރާއެކަނި ހުރުމަކީކަރާގެ އަގު މައްޗަށް ދިއުމުގެ ސަބަބެއް ކަމަށްވެސް ބައެއް ވިޔަފާރިވެރިން ބުނެއެވެ. އަދި އެހެން ހިސާބުތަކުން ކަރާލިބެން ފެށުމުން ރޯދަ މަހުގެ ފަހުކޮޅު ކަރާގެ އަގު ހެޔޮވެދާނެ ކަމަށްވެސް  ބައެއް ވިޔަފާރިވެރިން ބުނެއެވެ.