ޚަބަރު

ކުރިއަށް އޮތް 2 ދުވަހު މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ


ކުރިއަށް އޮތް 2 ދުވަހު މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވިދާޅުވީ މޫސުން ރަނގަޅުވިނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ކޮންމެވެސްވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށެވެ. އަދި ވައި މަޑުވެފައި، ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ކުރިއަށްއޮތް ދެ ދުވަހު މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވުނު ނަމަވެސް އަންނަ ބުދަ ދުވަހާއި ބުރާސްފަތިދުވަހު އަނެއްކާވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ ވިދާޅުވެފައެވެ.

ރާއްޖޭއަށް މިިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނަށް ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެ ގެއްލުންވެސް ވެފައިވެއެވެ. އަދި އައްޑޫ ސިޓީގެ ބައެއް ގެތަކުން މީހުން ބަދަލުވެސް ކޮށްފައިވެއެވެ.