ޚަބަރު

ކާމިނީ ޝޮޕިންގް ކޮމްޕްލެކްސްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް


މއ.ކާމިނީ ގޭގައި ހުންނަ ކާމިނީ ޝޮޕިންގ ކޮމްޕްލެކްސް އިމާރާތުގެ ބައެއްގައި
މިރޭ ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފިއެވެ.



އަލިފާން ރޯވީ މިރޭ 10:30 ހާއިރު 
ކަމަށާއި، ހާދިސާގެ ހަބަރު ލިބުމާއެކު ފަޔަރ އެންޑް ރެސްކިއު ޓީމުން އައިސް
45 ވަރަކަށް މިނިޓް ތެރޭ އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފައިވާކަމަށް އެމްއެންޑީއެފްގެ
އޮފިޝަލް މައުލޫމާތުދެއެވެ. މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ
ވެފައިވާ ނުވާކަމަށާއި، އަލިފާން ރޯވި އިމާރާތުގެ ތިރީ ފަންގިފިލާގައި ހުރި ފިހާރައަށްވެސް
އެއްވެސް ވަރަކަށް ގެއްލުންވެފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން
ރޯވި ފަންގިފިލަޔަކީ ބަޔަކު ދިރިއުޅެމުންދާ ފަންގިފަލާއެއްކަމަށްވެސް އެފަރާތުން
ބުނެއެވެ. އަލިފާން ރޯވަން ދިމާވި ސަބަބު ތަހުގީގު ކުރަމުންދާއިރު، އަލިފާން ރޯވި އިމާރާތުގެ
ތެރެއަށްވަދެ، ބަލަމުންދާ ކަމަށް އެމް އެންޑީ އެފުން ބުނެއެވެ.