ޚަބަރު

އިންޑިއާއާއި ޗައިނާއިން ވިޔާފާރީގެ ޑެފިސިޓް ޙައްލުކުރާނެ ގޮތަކާއިމެދު އެއްބަސްވެއްޖެ


އިންޑިއާއިން ޗައިނާއާއި ކުރަމުންދާ ވިޔަފާރީގައި ބޮޑުވަމުންދާ އިންޑިއާގެ ޑެފިސިޓް ކުޑަކޮށް އެކަން ޙައްލުކުރާނެ ގޮތަކާއިމެދު ދެ ޤައުމުން އެއްބަސްވުމަކަށް އައިސްފިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކްލޭ ވިދާޅުވީ ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދުކަމަށްވާއިރު، އެކަން ހަމަޖެހިގެން ދިޔައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ޗައިނާގެ ބޮޑުވަޒީރު ޝީ ޖިންޕިންގް މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގައި ބޭއްވި ސަމިޓް ބައްދަލުވުމުގެ ތެރެއިންކަމަށެވެ.

ޗައިނާގެ ބޮޑުވަޒީރު ޝީ މިހާރު ގެންދަވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. ބޮޑުވަޒީރު ޝީއާއެކު މޯދީ ބޭއްވި ވާހަކަތަކުގައި އެތަކެއް އިޤްތިޞާދީ މައްސަލަތަކާމެދުވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން މި ފާއިތުވީ 10 އަހަރުގެ ތެރޭގައި އިންޑިއާއިން ޗައިނާއާކު ކުރި ވިޔަފާރީގައި އަރާފައިވާ 53 ބިލިޔަން ޑޮލަރުގެ ޑެފިސިޓަށް ހަދާނެގޮތުގެ މަޝްވަރާވެސް ދެ ބޭފުޅުންގެ ދެމެދުގައި ކުރެވުނެވެ.

އިންޑިއާގެ ދަތުރުފުޅަށްފަހު ޗެންނާއީގެ އެއަރޕޯޓުން ފުރާވަޑައިގެން ޝީ ދެން ވަޑައިގަތީ ނޭޕާލްއަށެވެ. ޝީގެ ދަތުރުފުޅުގައި ނޭޕާލްއާއި ޗައިނާގެ ޓިބެޓްއާއި ދެމެދު ރޭލު ދަތުރުކުރާނެ މަގެއް ބިނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވަންވަނީ ހަމަޖެހިފައެވެ.