ޚަބަރު

ނިއުޒީލެންޑްގެ ހަޓް ސިޓީގެ ކައުންސިލަރަކަަށް ދިވެއްސަކު އިންތިޚާބުކޮށްފި


ނިއުޒީލެންޑްގެ ހަޓް ސިޓީގެ ކައުންސިލް އިންތިޚާބުގައި ވާދަކުރި ދިވެހިރާއްޖެއަށް އުފަން ޝާޒްލީ ރަޝީދު އެ ކައުންސިލުގެ ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ.

ނިއުޒިލޭންޑްގެ ހަޓް ސިޓީގެ ކައުންސިލް އިންތިޚާބުގައި ޝާޒްލީ ވަނީ އޭނާއާ ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯދާފައެވެ. ޝާޒްލީ ހަޓް ސިޓީގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަދުވަސް ވެފައިވާއިރު އޭނާގެ އަމިއްލަ ސެލޫން އެއްވެސް އެ ސިޓީގައި ހިންގައެވެ. އޭނާ އެ ސިޓީގެ ކައުންސިލަރުކަމަށް ވާދަކުރާކަން އިޢުލާން ކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގައެވެ.

ޝާޒްލީ އިންތިޚާބަށް ކުރިމަތިލުމަށްފަހު ބުނެފައިވަނީ އޭނާގެ އަމާޒަކީ ހަޓް ސިޓީގައި އިތުރު ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދީ އިތުރު އިންވެސްޓްމަންޓްތައް ސިޓީއަށް ގެނެސް، ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާ ސިޓީއަކަށް ހެދުންކަމަށެވެ.

ޝާޒްލީ އިންތިޚާބު ކާމިޔާބުކޮށްފައިމިވަނީ އޭނާއާ ދެކޮޅަށް ކާކުކަން ނޭގޭ ބަޔަކު އެންޓި ކެމްޕެއިންކުރަން މަސައްކަތްކޮށްފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.