ޚަބަރު

އެމްއާރުއެމް އުފެއްދުމުގެ ޖަލްސާ އަންނަ މަހު 7 ގައި


ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ އަންނަ މަހުގެ 7 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އަލީމް ވިދާޅުވީ ޖަލްސާ ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ. އެމްއާރުއެމްގެ 300 މެމްބަރުންނާއެކު ބާއްވާ މިޖަލްސާގައި ޕާޓީގެ އަސާސީ ޤަވާއިދު ފާސްކުރުމާއި، ދިދަ އަދި ލޯގޯ ފާސްކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިޖަލްސާގައި ޕާޓީ ހިންގުމަށްޓަކައި ވަގުތީ ކައުންސިލެއް އެކުލަވާލާނެކަމަށާއި ކައުންސިލް ހިމެނޭނީ އެރޭގެ ބައްދަލުވުމަށް ވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން މެމްބަރުންތަކެއްކަމަށްވެސް އަލީމް ވިދާޅުވިއެވެ.

އެމްއާރުއެމް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައެވެ.

އެމްއާރުއެމް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. ހުއްދައާއި ހަވާލުވެ ވަޑައިގެންފައިވަނީ ޕާޓީ އުފެއްދުުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މިހާރުގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

ރަޖިސްޓްރީކޮށްގެން ހިންގާ 9 ސިޔާސީ ޕާޓީއެއް މިާރުވެސް އެބައޮތެވެ. އިލެކްޝަނަސް ކޮމިޝަނުން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޕާޓީތަކުގެ މެމްބަރުން ތިބި އަދަދަށް ބަލާއިރު މިހާރު އެންމެ މެމްބަރުން ގިނައީ ވެރިކަން ކުރާ އެމްޑީޕީގައެވެ. އެޕާޓީގެ މެމްބަރުންގެ އަދަދު 54302 އެކެވެ. ދެން އެންމެ މެމްބަރުން ގިނަ ޕީޕީއެމްގެ މެމްބެރުންގެ އަދަދީ 38020 އެވެ.