ސިޔާސީ

އެއްބާރުލުން ނުދޭ ކައުންސިލް ތަކުގެ ބާރުތައް ހަނިކުރެވޭނެ- އޭޖީ


ސަރުކާރުން
ބޭނުންވާ ތަރައްޤީގެ މަސްރޫޢުތަށް ހިންގުމަށް ކައުންސިލްތަކުން ހުރަސްއަޅާނަމަ
ކައުންސިލްތަކަށް ލިބިފައިވާ ބާރުތަށް ޤާނޫނީ ތަރަހައިގެ ތެރެއިން ސަރުކާރަށް
ނަގައިގެން ނަމަވެސް އެމަސައްކަތް ކުރައްވާނެކަމަށް ދައުލަތުގެ ބަންޑާރަނައިބު
އަލްއުސްތާޛް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.



ދަތުރުވެރިންގެ
މާރުކޭޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ
ރައްޔިތުންގެ ލާބަޔާ މަންފާއަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކަށް
ކައުންސިލްތަކުން އެއްބާރުލުން ދޭންޖެހޭކަމަށާއި، އެހެންނަމަވެސް ބައެއް
ކައުންސިލްތަކުން އެކަން އެގޮތަށް ކުރާ މަންޒަރު ނުފެންނަކަމަށެވެ.



ބަންޑާރަނައިބުގެ
ވިދާޅުވީ މާލޭ ސިޓީކައުންސިލްގެ ދަށުގައި މާލޭގެ ބޮޑެތި ބިންތަށް ހުރިއިރު
އެތަންތަން ކުރިއަރުވައި ތަރައްޤީ ކުރުމަށް އެކަށީގެންވާ މަސައްކަތްތަށް ކޮށްފައި
ނުވާކަމަށެވެ. އަދި މާލޭ ސިޓީކައުންސިލުން ދޭ ޚިދުމަތްތަށް ރައީސުލްޖުމްހޫރިއްޔާ
ކަނޑައަޅާގޮތެއްގެ މަތިން ދިނުމަށް ޤާނޫނު އިސްލާހުކޮށްފައިވަނީ އެސަބަބާހެދި
ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހުރި ދަތިތަށް ސަރުކާރުން ނައްތާލާނެކަމަށް
ބަންޑާރަނައިބު ވިދާޅުވިއެވެ.



މިރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހުމަދު ނިހާން
ހުސެއިން މަނިކު ވިދާޅުވީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތަށް
ވަރަށްއަވަހަށް އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރާނެކަމަށެވެ. އަދި
ބިމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ ހުރިހާ ބިންތަކެއް ހުންނާނީ
ސީދާ ރައީސުލްޖުމުހޫރިއްޔާގެ ބެލުމުގެ ދަށުގައިކަން ކައުންސިލްތަކުން
ދަންނަންޖެހޭނެކަމަށްވެސް ނިހާން ވިދާޅުވިއެވެ.