ކުޅިވަރު

ރޮނާލްޑޯ 700 ލަނޑު ޖެހުމާ ގާތަށް


ކެރިއަރުގައި 700 ވަނަ ލަނޑު ޖެހުމާއި ވަރަށް ގާތަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހިލައިފިއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ވަނަ އަށް އެންމެ ގިނައިން ހޯދާފައިވާ ރޮނާލްޑޯ ރޭ ލަގްޒެމްބާގް ކޮޅަށް ޔޫރޯ ކޮލިފައިންގައި ޖެހި ގޯލާއެކު އޭނާގެ ކެރިއަރުގައި ޖެހި ގޯލުގެ އަދަދު ވަނީ 699 އަށް އަރައިފައެވެ.

ތިން ލަނޑުން ޕޯޗުގަލް މޮޅުވިއިރު ބެނާޑޯ ސިލްވާ އާއި ކޮންސާލޯ ގުއެޑޭސް އެވެ.

މެޗަށް ފަހު ޕޯޗުގަލް އޮތީ 11 ޕޮއިންޓާއެކު ގްރޫޕް ބީގެ ދެ ވަނާގަ އެވެ. އެއްވަނާގައިވަނީ 16 ޕޮއިންޓާއެކު ޔުކްރޭން އެވެ.

މެޗަށް ފަހު ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ޕޯޗުގަލް ބޭނުންވަނީ ކޮލިފައިން ނިމޭއިރު އެއްވަނަ މަގާމު ކަމަށެވެ.

"އެހިސާނަށް ނުދެވެންވީ ސަބަބެއްނެތް. އަހަރުމެން ޔޫރޯ ނެގީ ވެސް ބަޔަކު ހަރާންކޯރުވެފައިތިއްބާ. އެއްވެސް މެޗަކީ އަހަރުމެން ފަސޭހަކޮށްލާނެ މެޗެއްނުން،" ކޯޗު ބުންޏެވެ.