ވިޔަފާރި

މަރާމާތަށް ފަހު ދަތުުރުވެރިންގެ މާރުކޭޓު ހުޅުވައިފި


މަރާމާތަށް ފަހު ދަތުުރުވެރިންގެ މާރުކޭޓު ހުޅުވައިފިއެވެ.ރޭ މިކަމަށްޓަކައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދަތުރުވެރިންގެ މާރުކޭޓް ހުޅުއްވައިދެއްވީ ބަންޑާރަ ނައިބް އަލްއުސްތާޛް މުޙައްމަދް އަނިލްއެވެ.ދަތުރުވެރިންގެ މާރުކޭޓު މަރާމާތަށްފަހު ހުޅުވާފައިވާއިރު އެތަނުގައި ތަޅުން އަޅާ ވަށާ ފާރު ރާނާ އަދި ކުރިއަށް ވުރެ އުސްކޮށް ވަނީ ހިޔާކޮށްފައެވެ.މި ހަފްލާގައި ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއީޒް ދެއްކެވި ވާހަކަފުޅުގައި ދަތުރުވެރިންގެ މާރުކޭޓް މަރާމާތު ކޮށްފައިވަނީ މާލޭގެ މަލަމަތިވެސް ރީތި ވާނެ ފަދަ ގޮތަކަށް ކަމަށާއި އަދި މިކަމުގެ ސަބަބުން އިޤްތިސާދީ ގޮތުންނާއި އިޖްތިމާއީގޮތުން  ހެޔޮ ބަދަލްތަކެއް އަންނަނާނެ ކަމަށް ދެކެލައްވާކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދަތުުރުވެރިންގެ މާރުކޭޓް ހުރި ބިން އިތުރަށް ތަރައްޤީކުރުމަށް ރާވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ބަންޑާރަ ނައިބް މުހައްމަދް އަނީލް ދެއްކެވި ވާހަކަފުޅުގައި ދަތުރުވެރިންގެ މަރކެޓް އިން ގޮޅި ލިބިފައިވާ ފަރާތްތަކުން އެތަން ސާފްތާހިރުކޮށް ބެލެހެއްޓުމަށް އެދިލެއްވިއެވެ.ދައުލަތުގެ ބަޖެޓުން ގާތްގަޑަކަށް ދެ މިލިއަން ރުފިޔާ ހަރަދުކޮށްގެން ދަތުރުވެރިންގެ މާރުކޭޓް މާރާމާތު ކޮށްފައިވަނީ އެމްއެންޑީއެފްގެ ބޭފުޅުންގެ އެހީއާއި އެކުއެވެ.މިތަނުގައި ޖުމްލަ ސަތޭކަ ފަސްދޮޅަސް ގޮޅި ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީޏް މައުލޫމާތުދެއެވެ. އަދި މިހާރު އެގްރިމެންޓްތަކުގައި ސޮއިކޮށްފައިވާ ފަރާތްތަކުން މިއަދު ހަވީރު އެފަރާތްތަކުގެ ގޮޅިތަކުން ހިދުމަތް ދޭން ފަށާނެ ކަމަށާއި އަދި ބާކީ ހުރި ގޮޅިތަކުގެ ވެރިންނާއި އެކުވެސް އެގްރިމެންޓްތަކުގައި ސޮއިކުރުމަށްފަހު ކުރިއަށް އޮތް ދެތިން ދުވަސްތެރޭ ދަތުރުވެރިންގެ މަރކެޓްގެ ހުރިހާ ގޮޅިތަކަކުން ހިދުމަތް ދެވެން ފެށޭ ވަރު ވާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.