ވިޔަފާރި

ހިއްސާ ވިއްކައިގެން އެމްއައިބީއަށް 356 މިލިއަން ރުފިޔާ


މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީއަށް ހިއްސާ ވިއްކައިގެން 356 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްއައިބީއިން ބުނީ އެކުންފުނިން ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ހިއްސާ ގަތުމަށް 16146 ފަރާތަކުން 17713 ފޯމް ހުށަހަޅާފައިވާކަމަށެވެ. އަދި ހިއްސާ ވިއްކައިގެން 356 މިލިއަން 533 ހާސް ރުފިޔާ ލިބިފައިވާކަމަށް އެމްއައިބީން ބުނެއެވެ.

އެމްއައިބީން ބުނީ މިއީ ހިއްސާ ވިއްކައިގެން ލިބޭނެކަމަށް ލަފާކުރި 112 މިލިއަން ރުފިޔާއާ އަޅާބަލާއިރު %46.05 އިތުރު އަދަދެއްކަމަށެވެ. އަދި މިހާލަތުގައި އަމަލުކުރުމަށް ނިންމާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ވަކި ވަކި ފަރުދުންގެ ތެރެއިން ހިއްސާއަށް އެދުނު ފަރާތްތަކަށް އިސްކަންދީ، ހިއްސާ އެކަށައެޅުމަށް ބޭންކުގެ ބޯޑުން ނިންމާފައިވާކަމަށް އެމްއައިބީން ބުނެއެވެ.

ބޭންކުން ބުނީ ހިއްސާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން އެކި އެކި ސަބަބުތަކާ ހުރެ ހިއްސާ އެކަށައަޅާފައިނުވާ ފަރާތްތަކަށް ފައިސާ ރީފަންޑުކުރުމުގެ މަސައްކަތް 28 އޮކްޓޯބަރުން ފެށިގެން ކުރިއަށްދާނެމަށެވެ. އަދި ހިއްސާ ގަތް ފަރާތްތައް ހިމެނޭ ހިއްސާދާރުންގެ ލިސްޓު މިހާރު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސޮޓަރީއަށް ފޮނުވާފައިވާކަމަށާއި ނޮވެމްބަރު 6 އެެއްގެ ކުރިން ހިއްސާގެ ފައިސާ އެކައުންޓްތަކަށް ޖަމާކުރާނެކަމަށްވެސް އެމްއައިބީން ބުނެއެވެ.