ޚަބަރު

ބްރެކްސިޓްގެ ކަންތައް ނިންމުމަކީ ވަރަށް ދަތިކަމެއް: ބާނިއަރ


ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް އެ ޤައުމުން އެންމެފަހުން ހުށަހެޅި ކަންކަން ޤަބޫލުކުރެވެން ނެތްކަމަށް ބްރެކްސިޓްގެ ކަންކަމާއި އީޔޫގެ ފަރާތުން ހާވާލުވެ ހުންނެވި މިޝެލް ބާނިއަރ ވިދާޅުވެއްޖެއެވެ.

ވިލާތުގެ އިއްތިޙާދުގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ބާނިއަރ ވިދާޅުވީ އޮކްޓޯބަރު 31ގެ ކުރިން ބްރެކްސިޓްގެ އެންމެހާ ކަންކަން ނިންމުމަކީ ވަރަށް ދަތިކަމެއްކަމަށާއި ނަމަވެސް ދެ ފަރާތުން އިޚުލާސްތެރިކަން ގެންގުޅޭނަމަ އެކަން ކުރެވިދާނެކަމަށެވެ. ހަމަ އެ ޖަލްސާގައި ވާހަކަދައްކަވަމުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް ޖޯން ކްލޯޑް ޖަންކާ ވިދާޅުވީ އެއްބަސްވުމެއްނެތި އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުން އޭނާއަށް ޤަބޫލުނުކުރެވޭނެކަމަށެވެ. މިކަމާއި ގުޅިގެން އިނގިރޭސިން ފަށާފައިވާ އެއްބަޔަކު އަނެއްބަޔަކު ނުބައިކުރުމުގެ ކަންކަން ހުއްޓާލަންވެއްޖެކަމަށް ޖަންކާ ވިދާޅުވިއެވެ.

މި މައްސަލައިގައި ވިލާތުގެ އިއްތިޙާދުގެ ޤާނޫނުހަދާ މަޖިލީހުގައި އެންމެ އިސްކޮށް ހުންނަވާ ޑޭވިޑް ސެސޯލީ ވިދާޅުވެފައިވަނީ ލަންޑަނުން އެދޭނަމަ އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުމުގެ ކަންކަން ފަސްކޮށްލަން އެ މަޖިލީހުގެ އެންމެހާ މެންބަރުން ޤަބޫލުކަމަށެވެ.

އަންނަ ހުކުރު ދުވަހު ވިލާތުގެ އިއްތިޙާދުގައި ހިމެނޭ ޤައުމުތަކަށް މި މައްސަލައިގެ މަޢުލޫމާތުދިނުން އޮންނާނެ. މިކަން މި ބާއްވަނީ އޮކްޓޯބަރު 17ގައި ބާއްވަން ހަމަޖެހިފައިވާ އީޔޫ ސަމިޓް ބައްދަލުވުމުގެ ކުރިން ނުކުމެދާނެ ސިޔާސީ މައްސަލަތައް ބަލާ، ވަޒަންކުރުމުގެ ގޮތުންނެވެ.