ސިޔާސީ

3 ޤައުމަކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުންނަށް ރުހުން ދީފި


ބޫޓާނާއި އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަށާއި، ނޭޕާލަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.ބޫޓާނާއި އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅަކީ އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރ ގ.އުފާ އަޙްމަދު މުޙައްމަދު އެވެ. އަދި ނޭޕާލަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރެއްވުމަށް ފޮނުއްވާފައިވަނީ، ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ މ.މާހުރަ  އަހްމަދު ސަލީމް އެވެ.މިދެބޭފުޅުންނަށް ރުހުންދިނުމަށް ނަން ދިރާސާކުރެއްވި ގައުމީ ސަލާމަތުކޮމިޓީން ވެސްވަނީ އިއްތިފާގުން ފާސްކޮށްފައެވެ.