ތަޢުލީމު

އަނަން އަހަރުން ފެށިގެން އޭލެވެލްއާ އޯލެވެލް އެއްދުވަސްވަރެއްގައި


ދެހާސް ސޯޅައިންފެށިގެން އޭލެވެލްއާ އޯލެވެލް އެއްދުވަސްވަރެއްގައި ބޭއްވޭގޮތަށް މިހާރު ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.ރާއްޖެމިއަދު ޕްރޮގްރާމުގައި މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމް ވިދާޅުވީ އޯލެވެލް އަށްފަހު، އޭލެވް ފެށުމާދޭތެރޭގައި އޮންނަ މުއްދަތުގައި ކުދިން ވީއްލޭގޮތްވާތީ ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް ހުންނަކަމަށެވެ. އެހެންކަމުން ސަރުކާރުން  އެޑެކްސަލް ބޯޑާ މަޝްވަރާކޮށް މިހާރު  މި ދެ އިމްތިހާނު އެއްދުވަސްވަރެއްގައި ބޭއްވޭގޮތަށް ހަމަޖައްސައިދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޯލެވެލް ނިންމާ އޭލެވެލް ފެށުމާދެމެދު ހޭދަވާ ދިގު މުއްދަތު ކަނޑާލެވުމަކީ ކުދިންނަށް އޭގެ ފައިދާކުރާނެކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.