ވިޔަފާރި

ދަތުރުވެރިންގެ މާރުކޭޓުގައި ދަތުރުވެރިންނަށް ޚާއްސަގޮޅިތަކެއް


ރޯދަ މަހަށް ޚާއްސަކޮށްގެން މަރާމާތުކުރަމުން އަންނަ ދަތުރުވެރިންގެ މާކެޓްގައި އަތޮޅުތަކުން އަންނަ ދަތުރުވެރިންނަށް ޚާއްސަގޮޅިތަކެއް ހުންނާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.ރާއްޖެ މިއަދު ޕްރޮގްެރާމްގައި ވާހަކަދައްކަމުން ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވީ ދަތުރުވެރިނަށްޓަކައި ޚާއްސަކުރެވޭ ގޮޅިތަކުގައި އަނބާއި މޭވާއާއި އަވަހަށް ހަލާކުވެގެންދާ އެއްޗެހި ފަސޭހައިން ވިއްކާލެވޭނެ ފުރުސަތު ހުޅުވިގެންދާނެކަމަށެވެ. އަދި އާއްމުންނަށް ދޫކުރާ ގޮޅިތަކުގެ ތެރޭގައި މި ގޮޅިތައް ނުހިމެނޭނެކަމަށާއި މި ގޮޅިތައް އެންމެ ދިގު މުއްދަތަކަށް ދޫކުރެވޭނީ ހަތް ދުވަހަށްކަމަށް އޭނާ ވިދާޅުވިއެވެ.މާރުކޭޓް މަރާމާތުކުރަމުން އަންނަނީ އެތެރޭގައި ތަޅުން އަޅައި ވަށާ ފާރު ރާނައި އަދި ކުރިއަށް ވުރެ އުސްކޮށް ހިޔާކުރާ ގޮތަށެވެ.މާރުކޭޓް ގޮޅިތަކުގައި ވިޔަފާރިކުރަން ހައުސިން މިނިސްޓްރީން އެކުލަވާލައި މިދިޔަ ހަފުތާގައި އަމަލުކުރަން ފެށި އާ އުސޫލްގައި ވާގޮތުން އެ އުސޫލަށް އަމަލުކުރަން ފެށިޔަސް މާލޭ ސިޓީ ކައުންސިލާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ގޮޅިތަކަށް ފައިސާ ދައްކާ މީހުންގެ އެއްބަސްވުމުގެ މުއްދަތު ހަަމަވަންދެން އެއްބަސްވުން ދެމިއޮންނާނެއެވެ. އެހެންނަމަވެސް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހުންނަށް ގޮޅިތަކުގައި ވިޔަފާރިކުރަން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް އުސޫލްގައި ބުނެފައިވެއެވެ.މި އުސޫލްގައި ވާގޮތުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދައްކާ މީހުންނަށް ގޮޅިތަކުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.