ކުޅިވަރު

ޓީސީން ދައްކާ ވާހަކަ ދިމާވޭތަ؟


ހުސްވި ހަފުތާގައި އެންމެ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ހަބަރަކީ ޓީސީ އުވާލާނެ ކަމަށް އެކުލަބުން ބުނި ވާހަކައެވެ.

ނަމަވެސް މިކަމާމެދު ކުޅިވަރުގެ ތަޖުރިބާކާރުން މިހާރު ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ. ޓީސީން އެކުލަބު އުވާލާނީ ދަރަނި އަދާނުކުރެވިއްޖެނަމައެވެ. ސަބަބަކީ ފުޓްބޯޅަ ކުލަބު ހިންގަން ހޭދަވާ ޙަރަދު ބޮޑުވުމެވެ. އެ ޓީމުގެ ބަހަނާ އަކީ މިދިޔަ އަހަރު ސަރުކާރުން ލިބުނު ތިން މިލިއަން ރުފިޔާ މި އަހަރު ނުލިބުމެވެ.

ނަމަވެސް ކަމުގެ ހަޤީޤަށް ފީނާލުމުން މިވާހަކައާ މެދު ބޮޑެތި ހިލާފުތަކެއް އެބަހުއްޓެވެ. ސަރުކާރުން ތިން މިލިއަން ރުފިޔާ ނުލިބުނު ނަމަވެސް އެފްއޭއެމުން އެކުލަބަށް މި އަހަރު ތިން މިލިއަން ރުފިޔާ ވަނީ ދީފައެވެ. ދެން އޮތީ އަމިއްލަ މަސައްކަތުން ހޯދަން ޖެހޭ ފައިސާއެވެ. މީގެ އިތުރުން ކޯޗަށް ސަރުކާރުން ދެމުން އަންނަ ފައިސާ ލިބެއެވެ.

ކޮންމެ ކުލަބަކަށް ސަރުކާރުން ދެ ލައްކަ ރުފިޔާ ދީފައިވާ ކަމަށް މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފައެވެ. ކުރީ އަހަރު ޓީސީގައި ތިބި ގިނަ ކުޅުންތެރިންގެ ތެރެއިން އަގުބޮޑު ގިނަ ކުޅުންތެރިންވަނީ ޓީމު ދޫކޮށްލައިފަ އެވެ. މިހެންވެ އެކުލަބުގެ ހޭދަތައް ބޮޑުވާންޖެހޭ ސަބަބަކީ ކޮބާތޯއެވެ.