ޚަބަރު

އެމްޑީއެން ގެ މައްސަލަ ބެލުމުގައި ފުލުހުން ވަކިކޮޅަކަށް ނުޖެހޭނެ - ސީޕީ


އިސްލާމް ދީނާއި މާތް ނަބިއްޔާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް މޯލްޑިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓުގެ މައްސަލަ ބެލުމުގައި ވަކިކޮޅަކަށް ނުޖެހި ފުލުހުން އެމައްސަލަ ބަލާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދަނީ ވަރަށް ސީރައަސް މައްސަލައެއްގެ ގޮތުގައިކަމަށެވެ.

އިސްލާމް ދީނަށް ފުރައްސާކޮށް ގިނަ ވާހަކަތަކެއް ހިމަނައި އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލާގައި އެތައްބަޔަކުދަނީ ނުރުހުން ފާޅުކޮށް އެޖަމްޢިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އެޖަމްޢިއްޔާގެ ރިޕޯޓު ކުށްވެރިކުރައްވައި، އެމައްސަލަ ބައްލަވާނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ މިއަދު ބަޔާނެއް ނެރުއްވާފައެވެ. އަދި އިސްލާމިކް މިނިސްޓްރީންވެސް ވަނީ އެމްޑީއެން ކުށްވެރިކޮށް އެއީ ރާވައިގެން ރާއްޖެއިން އިސްލާމް ދީން ނައްލާތަން ހިންގާފައިވާ ޖަރީމާއެއްގެގޮތުގައި ސިފަކުރައްވާފައެވެ.