ޚަބަރު

މީހަކުނެތް ބޯޓަކާއި ބާޖެއް އޮޔާދަނީ



ކ.ތިލަފުށި ކައިރީގައި އޮތް ބޯޓަކާއި ބާޖެއް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައިފިއެވެ.

މީހަކު ނެތި އޮޔާދާ މި އުޅަނދުތައް އޮޔާދަނީ ކ.ތިލަފުއްޓާއި ކ.ފޭދޫފިނޮޅާއި ދެމެދުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ "ބަރޯސާ" ނަމަކަށް ކިޔާ ބޯޓަކާއި އެއާއި އެކުގައި އޮތް ބާޖު، ނަގިލި ކަނޑައިގެންގޮސް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 16:20 ހާއިރުކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.