ދީން

ރޯދަމަހާ ދިމާކޮށް އިސްލާމީ މަރުކަޒްގައި ބޮޑު ފަންކާ ހަރުކޮށްފި


އިސްލާމީ މަރުކަޒުގައި ހަރުކުރި ބޮޑު ފަންކާތައް ބޭނުންކުރަން ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގައި މިއަދުގެ އަސްރު ނަމާދަށްފަހު، ފަންކާތައް ބޭނުންކުރުން
އިފްތިތާހް ކޮށްދެއްވީ ދިފާއީ ވަޒީރު މޭޖަރ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލާއި،
އިސްލާމިކް މިނިސްޓަރ  ޑރ އަހުމަދު ޒިޔާދުއެވެ.



ފަންކާތައް ބޭނުންކުރުން އިފްތިތާހް ކޮށްދެއްވުމަށްފަހު އިސްލާމިކް މިނިސްޓަރ
ޑރ އަހުމަދު ޒިޔާދު ވިދާޅުވީ، މިއީ ރާއްޖޭގައި ބެހެއްޓޭ މިފަދަ އެންމެ ބޮޑެތި ފަންކާތަކަށް
ވެގެންދާނެ ކަމަށާއި، ރޯދަ މަހާއެކު މިސްކިތް ފިނިވެގެންދިއުމަކީ ނަމާދުކުރާ
އެތައްބަޔަކަށް އުފާވެރިކަން ލިބޭނެ ކަމެއްކަމަށެވެ. ކޮންމެ ފަންކާއަށް އެއްލައްކަ
ފަންސާސް ހާސް ރުފިޔާ ހަރަދުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



އިސްލާމީ މަރުކަޒަށް އާންމުކޮށް ނަމާދަށް އަރާ ދެފަރާތަކުން ބުނީ، ބޮޑެތި
ފަންކާ ބަހައްޓައި، ފިނި ވުމަކީ ނަމާދު ކުރުމުގެ އިތުރުން ޒިކުރު ކުރުމުގައި ގިނަ
ވަގުތު މިސްކިތްތަކުގައި މަޑުކުރާ ފަރާތްތަކަށްވެސް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ.



ފަންކާ ހަރުކުރުމުގެ އިތުރުން، އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ
މަސައްކަތްތައްވެސް އިސްލާމިކް މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.