ވިޔަފާރި

މޯލްޑިވް ގޭސް އިން ރޯދަމަހު ވިލިމާލޭގެ ގެތަކަށް ގޭސް ފޯރުކޮށްދެނީ


މޯލްޑިވް ގޭސް އިން ވިލިމާލޭގެ ގެތަކަށް ރަމަޟާން މަހު ގޭސް ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.މޯލްޑިވް ގޭސް އިން މައުލޫމާތު ދިން ގޮތުގައި މި ރަމަޟާން މަހުގެ ފުރަތަމަ ހަފްތާތެރޭގައި ވިލިމާލޭގެ ގެތަކަށް ގޭސް ގެންގޮސް ދިނުމުގެ ޚިދުމަތް ފަށާނެއެވެ. އެގޮތުން މިހާރު ވިލިމާލޭގައި ގޭސް ޑިސްޓްރިބިއުޓް ކުރުމަށް ޚާއްޞަ އޮފީހެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިަމުންދާކަމަށްވެސް މޯލްޑިވް ގޭސް އިން މައުލޫމާތު ދެއެވެ.ވިލިމާލޭގައި ގޭގެއަށް ގޭސް ގެންގޮސްދިނުމަށް ރަޖިސްޓްރީ ކުރުމަށް 3325473 ނަންބަރު ފޯނަށް ގުޅުމުން ހަމަޖެހޭނެ ކަމަށް މޯލްޑިވް ގޭސް އިން މައުލޫމާތުދެއެވެ.މިހާރު ވިލިމާލެއަށް ގޭސް ފޯރުކޮށްދެމުން ދަނީ ވިލާ ގޭސް އިންނެވެ.