ޚަބަރު

އައްޑޫ ލިންކް ރޯޑް ގުޅޭ ހިސާބުގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާ މަރުވެއްޖެ


އައްޑޫ ލިންކް ރޯޑް ގުޅޭ ހިސާބުގައި މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި ސައިކަލް އެކްސިޑެންޓުގައި ޒަޙަމްވި މީހާ މިއަދު މަރުވެއްޖެއެވެ.

އުރުން 55 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައިވަނީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު 8:30 ހާއިރުކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ.

މިިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން އިތުރު ފަރުވާއަށް މާލެގެނެސް އައިޖީއެމްއެޗްގައި ދިޔައީ ފަރުވާ ދެމުންނެވެ.