ވިޔަފާރި

ރޯދަމަހު ފިހާރަތައް ބަންދުކުރާ ގަޑި 11:00އަށް ބަދަލުކޮށްފި


ރޯދަމަހު ފިހާރަތައް ބަންދުކުރާ ގަޑި އެގާރަގަޑި ސުންމިނެޓަށް އަދި  ކެއިން ބުއިމުގެ ޚިިދުމަތް ދޭ ތަންތަން ބަންދު ކުރާ ގަޑި ދަންވަރު ދެގަޑި ސުންމިނެޓަށް ހަމަޖައްސާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.އިކޮނޮމިކް މިނިސްޓުރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސައިހޮޓާ ރެސްޓޯރެންޓް ހިންގުމުގެ ގަވައިދާއި ކެންޓީނު ހިންގުމުގެ ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ތަންތަން ރޯދަ މަހު ދަންވަރު ދެގަޑި ސުންމިނެޓަށް ހިދުމަތް ދިނުމަށް ހުއްދަދީފައިވާ ކަމަށެވެ. އެގޮތަށް ހުއްދަ ދޫކޮށްފައި ވަނީ އެފަދަ ތަންތަނުން ހާރުކާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.މިހާރު ދިހައެއް ޖަހާއިރު ބަންދުކުރާގޮތަށް ހަމަޖައްސާފައިވާ އިމްޕޯޓް މުދާ ވިއްކާ ފިހާރަތައް ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެގާރަގަޑި ސުންމިނެޓަށެވެ. މިގޮތަށް ގަޑިތަކަށް ބަދަލުގެނެސްފައިވަނީ ރޯދަ މަސްނިމި އީދު ނިމެންދެންކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.