ވިޔަފާރި

ރަމަޟާން މަހު ބީއެމްއެލްގެ ހިދުމަތް ހެނދުނު 10:30އިން 13:00އަށް


ރަމަޟާން މަހު ބޭންކް ހުޅުވިފައި ހުންނަ ގަޑިއަކީ  ހެނދުނު ދިހަގަޑި ތިރީހުން މެންދުރު އެކަކަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް ނިންމައިފިއެވެ.ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ މިއަދު ދެއްވި މީޑިއާ ސްޓޭޓްމަންޓެއްގައި ވިދާޅުވީ ، ބޭންކް ހުޅުވިފައި ހުންނަ ގަޑިތަކުގެ އިތުރުން ސައުވީސް ގަޑިއިރު ސެލްފް ބޭންކިންގް ސަރވިސް މާލޭގައި ހުންނަ ހަތް ސެންޓަރުން ލިބެންހުންނާނެކަމަށެވެ.ރަމަޟާން މަހު މަދު ވަގުތެއްގައި ކަސްޓަމަރުންނަށް ޚިދުމަތް ދެވުނު ނަމަވެސް ސެލްފް ބޭންކިންގ ސެންޓަރުތަކުން ފައިސާ ނެގުމާއި ޗެކް ޖަމާކުރުމުގެ ޚިދުމަތް ލިބެންހުންނާތީ އެ ސެންޓަރުތަކުގެ ޚިދުމަތާއި ، އިންޓަނެޓް ބޭންކިންގް ގެ ޚިދުމަތް ކަސްޓަމަރުން ބޭނުން ކުރުމަށް ސީއީއޯ އެދިވަޑައިގެންނެވިއެވެ.