ވިޔަފާރި

"މީރާ ކަނެކްޓް" ޕްރޮމޯޓް ކުރުމަށް ރޯޑްޝޯއެއް ބާއްވައިފި


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާގެ އޮންލައިން ޚިދުމަތް "މީރާ ކަނެކްޓް" ޕްރޮމޯޓް ކުރުމަށް ރޯޑްޝޯއެއް ބާއްވައިފިއެވެ.އިއްޔެ ހަވީރު ކުރިއަށްގެންދިޔަ މި ރޯޑް ޝޯ ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގައެވެ.މީރާއިން ބުނީ އެރޯޑް ޝޯ ބޭއްވީ މީރާއަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ވަސީލަތްތަކާބެހޭ ގޮތުންނާއި މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށައެޅުމާއި ފައިސާ ދައްކަންޖެހޭ ސުންގަޑި ކައިރިވަމުންދާތީ އެކަމަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ހޭލުންތެރި ކުރުމަށް ކަމަށެވެ.ރޯޑްޝޯގައި މީރާ ކަނެކްޓްގެ ޚިދުމަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތުގެ މައުލޫމާތު ފޯރުވައިދީފައިވާނެ ކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ. އެ ގޮތުން ކާޑު މެދުވެރިކޮށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން ވާރު ކާޑަށް އެދޭ ފޯމް ވަގުތުން ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާދީފައިވެއެވެ.ކުރިއަށް އޮތްތަނުގައިވެސް މީރާގެ ޚިދުމަތްތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.