ސިޔާސީ

އެޗްއާރުސީއެމަށް އައްޔަނުކުރާ 3 ނަން ދިރާސާކުރަން ފޮނުވައިފި


ހިއުމަން ރައިޓްސް
ކޮމިޝަންގެ 3 މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެމަގާމަށް
އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް
ފޮނުއްވާފައިވާ 3 ބޭފުޅުންގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. 



އެޗްއާރުސީއެމްގެ
މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ
ނަންފުޅުތަކަކީ، ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ
މެމްބަރު ޝިފާގް މުފީދާއި، މ. ކޮރަލްގާޑަން އައިޝަތު އަފްރީން މުހައްމަދުގެ
އިތުރުން ހ. ހަބަރުގޭ އައިމިނަތު އީނާސްއެވެ. މިއަދުގެ ޖަލްސާގައި އެނަންތައް
ދިރާސާކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށެވެ. 

އެޗްއާރުސީއެމްގެ
މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި
ފުރުސަތުގައި 33 މީހަކު ކުރިމަތިލާފައިވެއެވެ. މިހާރު އެޗްއާރުސީއެމްގައި ތިއްބެވި
ފަސް މެމްބަރުންގެ ތެރެއިން މެމްބަރުކަމުގެ ދައުރުހަމަވަނީ، އެކޮމިޝަންގެ ރައީސާ
މަރިޔަމް އަޒްރާ އަޙްމަދާއި،ނައިބު ރައީސް އަހުމަދު ތޮލާލް އާއި ކޮމިޝަންގެ
މެންބަރު ޖީހާން މުހައްމަދުއެވެ. މިތިން މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތު
ހަމަވާނީ އަންނަ އޯގަސްޓްމަހުގެ ސަތާރަ ވަނަ ދުވަހަށެވެ.