ޚަބަރު

އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ޙާލު، ރައީސްޖުމްހޫރިއްޔާ ބައްލަވައިފި


ތެޔޮ ބައުޒަރުގައި އަލިފާންރޯވެ ހިނގި ޙާދިސާގައި އެކިވަރުގެ ހާނީއްކަވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ޙާލު ރައީސް ޖުމްހޫރިއްޔާ ބައްލަވައިފިއެވެ.

ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ޙާދިސާއާއިގުޅިގެން އައިޖީމް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހުންގެ ޙާލުބައްލަވައި ލެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެންނެވީ އަލިފާން ހިނގިސަރަހައްދަށް ވަޑައިގަތުމަށްފަހުއެވެ. އެމަނިކުފާނު ވަނީ މިހާދިސާގައި ފިހިގެންނާއި އެކިވަރުގެ ހާނީއްކަވެގެން އައިޖީއެމް ހޮސްޕިލަށް ގެންދެވުނު މީހުންގެ ހާލު ބައްލަވާލައްވައި، އެފަރާތްތަކުގެ ޢާއިލާއާވެސް ބައްދަލުކުރައްވައި ޙާލު އޮޅުންފިލުވާފައެވެ.

މިހާދިސާގައި އައިޖީއެމް ހޮސްޕިޓަލުން ފަރުވާދެމުންދަނީ 8 މީހުންނަށް އޭގެތެރޭގައި ލޯންޗުގައި އެވަގުތު ޙަރަކާތްތެރިވި 3 މީހުންނާއި، އިތުރު 5 މީހަކުވެސް ހިމެނެއެވެ.