ޚަބަރު

އަލިފާންގަނޑު ފެތުރުނަނުދީ ކޮންޓްރޯވީ ސިފައިންނާއި ފުލުހުންނާއި، ޢާންމުންގެ ހުޝިޔާރުކަމުން - ރައީސް


ޓީޖެޓީ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ފެތުރުނަނުދީ ކޮންޓްރޯކުރެވުނީ ސިފައިންނާއި ފުލުހުންނާއި، ޢާންމުންގެ ހުޝިޔާރުކަމުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޓީޖެޓީ ސަރަހައްދުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން އެސަރަހައްދުގައި ތިބި ސިފައިންނާއި ޢާންމުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަނިކުފާނު ވިދާޅުވީ މިހާދިސާ ހިނގާފައިވާ ސަރަހައްދަކީ އަލިފާންގަނޑު ފެތުރިގެންދިޔަނަމަ އޭގެ ނުރައްކާ ބޮޑު ސަރަހައްދެއް ކަމަށެވެ. ނަމަވެސް އަލިފާންގަނޑު ފެތުރުނަނުދީ ސިފައިންނާއި ޢާންމުން ޙަރަކާތްތެރިވެފައިވަނީ ވަރަށް ހުށިޔާރުކަމާ އެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިފަދަ ހާދިސާތައް ހުއްޓުވެން އޮތީ އަލިފާނުގެ ހާދިސާތަކުން ސަލާމްތަވުމަށް ސަރުކާރުން ނިންމާފައިވާ ކަންކަން ތަންފީޒު ވުމުންކަމަށާއި، އެކަން ބާރުސްޕީޑެއްގައި ކުރައްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަލިފާންހިނގި ސަރަހައްދަށް ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެންނެވިއިރު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުރުން ސިފައިންނައި، ފުލުހުންގެ އިސްވެރިންގެނާއި، ގިނަ ޢަދަދެއްގެ އާންމުން ތިބިކަން ފާހަގަކޮށްލެވޭ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެސަރަހައްދަށް ވަޑައިގެން އަލިފާން ރޯވި ހާދިސާގެސަބަބުން ގެއްލުވި ތަކެތި ބައްލަވާލައްވައި ހާދިސާގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ.