ތަޢުލީމު

ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނު ކޮށްދޭނެ ފަރާތެއް ހޯދަނީ


ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ ޕްރޮގްރާމް ހިންގުމަށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.މިފުރުސަތުގައި ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް ހުށަހެޅުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ ފަނަރަ އާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީކުރެވޭނެކަމަށާއި، ޕްރީ ޕްރޮޕޯޒަލް ބައްދަލުވުން އަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ. އަދި ޕްރޮޕޯޒަލް އަންނަ މަހުގެ ސޯޅަވަނަ ދުވަހުގެ އެގާރައިގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.ދެހާސް ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ މިހާރު ކިޔަވައިދެމުންދާ ޓީޗަރުންގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.