ޚަބަރު

ހަކަތަބޭނުން ކުރުން މަދުކޮށްގެން އޯޓިޒަމް އެސޯސިއޭޝަންގެ ޚަރަދުތައް ކުޑަކުރުނީ


ތެލުން އުފައްދާ ހަކަތަބޭނުންކުރުން މަދުކޮށްގެން އޯޓިޒަމް އެސޯސިއޭޝަންގެ ޚަރަދުތައް ކުޑަކުރުމާއި އެއެސޯސިއޭޝަނުން އުފައްދާ ސީ.އޯ ޓޫގެ މިންވަރު މަދުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެ އެސޯސިއެޝަނުން ސޮއިކުރެއްވީ ފައުންޑަރ އަދި ޗެއަރޕާރސަން އިލްހާމް ސުހައިނެވެ. ޔޫއެންޑީޕީން ސޮއިކުރެއްވީ ރެސިޑެންޓް ރެޕްރެސެންޓެޓިވް އަކީކޯ ފުޖީއެވެ. މި މަޝްރޫއަކީ އޫ އެންޑީޕީގެ ފަރާތުން ކުރިއަށް ގެންދާ ގްލޯބަލް އެންވަޔަރަމަންޓް ފަންޑް-ސްމޯލް ގްރާންޓް ޕްރޮގްރާމްގެ ގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި މަޝްރޫއުގެ ދަށުން އަވިން ކަރަންޓް އުފައްދާ ސިސްޓަމްގެ މޭންޓަނަންސް މޮނީޓަރިން އަދި ޓްރަބަލް ޝޫޓިން ފަދަ މަސައްކަތްތަކުގެ ހުނަރު ނުކުޅެދުން ތެރިކަން ހުންނަ 2 އަންހެނުންނާއި 2 ފިރިހެނުނަށް އުގަންނައިދީ މިފަދަ ސެޓަޕެއް ބެލެހެއްޓުމުގެ ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބެޓެރީން ދުއްވާ އުޅަނދުތައް ޗާޖުކުރުމަށް ބޭނުންކުރާކަލަހަ ޕޯޓަލް ތަކެއް މި މަޝްރޫއުގެ ދަށުން އެސޯސިއޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެ އެސޯސިއޭޝަނުން ބުނީ މި ޕޯޓަލްތައް ވެގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބޭނުންކުރާ އެކި ކަހަލަ އުޅަނދުތައް ޗާޖްކުރުމަށް ޕަބްލިކް ޕޯޓަލްތަކެއް ރާއްޖޭގައު ޤާއުމުކުރާ ފުރަތަމް ފަހަރަށްކަމަށެވެ. އަދި މި ޕޯޓަލްތަކަށް ދޫކުރާ ކަރަންޓު ވެގެންދާނީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް .ބެޓެރިން ދުއްވާ އުޅަނދުތައް ޗާޖުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭން ނިންމާފައިވަނީ އަގަކާ ނުލައެވެ.

އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އޯޓިޒަމް އެސޯސިއޭޝަންއިން ކަރަންޓަށް ކުރަމުންދާ ހޭދަ ކުޑަކުރެވޭނެކަމަށާއި ކުރެވޭ ހޭދަ ކުޑަކޮށްގެން އޯޓިޒަމް އެސޯސިއޭޝަން އިން ޚިދުމަތް ހޯދަން ބޭނުންވާ ވޭޓްލިސްޓު ކޮށްފައިވާ އޯޓީޒަމް ގެ ނުކުޅެދުންތެރިކަން ހުންނަ 50 ދަރިވަރަކަށް ޚިދުމަތް ފޯރުކޯށްދިނުމުގެ ފުރުޞަތު ހުޅުވެގެންދާނެކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން އޯޓިޒަމް އެސޯސިޢޭޝަންގެ ކާބަން ފުޓްޕްރިންޓް ކުޑަވެގެންދާނެކަމަށެވެ