މުނިފޫހިފިލުވުން

"ހައުސްފުލް 4" ޓެރެއިލަރ ދައްކާލައިފި


ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ކޮމެޑީ ފިލްމް "ހައުސްފުލް 4" ޓްރައިލަރ ދައްކާލައިފިއެވެ. މި ސިރީޒްގެ ލީޑުން ފެނިގެންދާ އަކްޝޭ ކުމާރު އޭނާގެ ޓްވިޓަރ މެދުވެރިކޮށް ފިލްމްގެ ބައެއް ޕޯސްޓަރތައް އާއްމުކުރަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އެހެންކަމުން ގިނަ ބަޔަކު ތިބީ މި ފިލްމްގެ ޓްރެއިލަރގެ އިންތިޒާރުގައެވެ.

ފިލްމްގެ ޓްރެއިލަރ މިއަދު އާއްމުރާނެކަން ހާމަކޮށް ފިލްމްގެ ކާސްޓުން ހިމެނޭ ޕޯސްޓަރކާއި އެކު އަކްޝޭ މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޑްރާމާ އަދި ކޮމެޑީއާއި އެކު އެމީހުން އެނބުރި އަންނަކަމަށެވެ.

" ހައުސްފުލް 4" ގެ ލީޑު ރޯލުންވެސް ފެނިގެންދަނީ އަކްޝޭ ކުމާރުއެވެ. އޭނާއާއި އެކު މި ފިލްމް ސީކުއަލްތަކުން ފެނިގެންދިޔަ ރިތޭޝް ދޭޝްމުކާއި ބޮބީ ޑިއޯލްއާއި ކްރިތީ ސެނޯން އާއި ޕޫޖާގެ އިތުރުން ކްރިތީ ކަރްބަންދާވެސް ފެނިގެންދާނެއެވެ.

ލޯބީގެ މި ފިލްމްގައި ފެނިގެންދާނީ ލޯބިވެރިންތަކެއްގެ މެދުގައި 1419 ވަނަ އަހަރާއި 2019 ވަނަ އަހަރު ހިނގާ ކަންތައްތަކެކެވެ. ފިލްމްގެ ލީޑް ރޯލުން ފެނިގެންދާ އަކްޝޭ ދެ ރޯލަކުން ފެނިގެންދެއެވެ. މި ގޮތުން 1419ގެ ބާލާގެ ނަމުން އަކްޝޭ މި ފިލްމުގައި ފެނިގެންދާއިރު 2019 ގެ ބައިގައި އަކްޝޭ ފެނިގެންދަނީ ހެރީގެ ނަމުގައެވެ.

ފިލްމްގެ ޑައިރެކްޓް ކޮށްފައިވަނީ ފަރްހާން ސާމްޖީއެވެ. " ހައުސްފުލް 4" ސްކްރީނަށް އަންނާނީ މި އަހަރު ފަހުކޮޅު އިންޑީއާގެ ދިވާލީ އާއި އަންނަ މަހުގެ 25 ވަނަދުވަހުއެވެ. މި ފިލްމް ނުކުންނަށް ދުވަސްވަރަކީ ވާދަވެރި ދުވަސްވަރެއްކަމަށް މިހާރުވެސް ވަނީ ބެލެވިފައެވެ. އެގޮތުން މި ފިލްމާއި އެކު ތާޕްސީ ފަންނޫ އާއި ބޫމީ ޕެޑްނޭކަަރުގެ "ސާންދު ކީ އާންކޭ " އާއި ރާޖްކުމާރު ރާއޯ އާއި މޮއީނީ ރޯއީގެ " މޭޑް އިން ޗައިނާ " ވެސް ސިމަނާތަކަށް އަންނާނެއެވެ.