ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތް ފަށައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.

ރ.އަތޮޅު ފުރަވެރި މޯލްޑިވްސް ފެށި މިމުބާރާތަކީ ބީޗް ވޮލީގައި ވާހަގަކޮށްލެވޭ ވަރަށް ގިނަ ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ. މޯލްޑިވްސް ވެޓްރަންސް ވޮލީބޯލް އާއި ޔޫތް މިނިސްޓަރީ ގުޅިގެން ކުރިއަށް ގެންދާ މިމުބާރާތަކީ ރާއްޖޭގައި ބީޗް ވޮލީ ކުރިއެރުވުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. އަދި ސްޕޯޓްސް ޓުއަރިޒަމްވެސް މިމުބާރާތުގެ ތެރެއިން އިޝްތިހާރު ކުރުމަށްވަނީ ހަމަޖެހިފައެވެ. ދުނިޔޭގައި ބީޗް ވޮލީބޯލްއިން ފާހަަގަ ކުރެވޭ ކުޅުންތެރިން ވާދަކުރާ މިމުބާރާތުގައި ބްރެޒިލް، އިޓަލީ، އޮސްޓްރޭލިއަރ، އެމެރިޔާ، ޔޫއޭއީ އަދި ހަވާއީގެ އިތުރުންވެސް ވަރަށް ގިނަ ގައުމްތަކުން ވާދަކުރެއެވެ.

މިމުބާރާތް ކުރިއަށްދަނީ ތިން ޑިވިޝަންއަކަށް ބަހާލައިގެންނެވެ. އެއީ ޕްރޯ ޑިވިޝަން، މިކްސް ޑިވިޝަން އަދި ކުއާތުރޯ ޑިވިޝަންއެވެ. މިމުބާރާތުގެ ޕްރޯ ޑިވިޝަންގައި ވާދަކުރާނީ އެންމެ ރަގަނޅު ބީޗް ވޮލީ ކުޅުންތެރިންނެވެ. މިޑިވިޝަންގައި ވާދަކުރާ ބައެއް ކުޅުންތެރިންނަކީ އޮލިޕްކިސްގައިވެސް ވާދަކޮށްފައިވާ ކުޅުންތެރިންކަން ފާހަގަކޮށްލެވޭ. އޭގެ ތެރޭގައި އެމެރިކާ، ސްލޮވޭނިއަރ އަދި ބްރެޒިލް ފަދަ ގައުމްތަށް ފާހަގަކޮށްލެވެއެވެ. މިކްސް ޑިވިޝަންއަކީ އަންހެން ކުޅުންތެރިއަކާއި ފިރިހެން ކުޅުންތެރިިއެއް ޕެއަރ ހަދައިގެން ކުޅޭ ޑިވިޝަންއެކެވެ. އަދި ކުއާރތުރޯ ޑިވިޝަންއަކީ މަޖާކޮށްލުމަށް ބާއްވާ ޑިވިޝަންއެއްކަމަށް އެމްވީވީއިން މަޢުލުމާތުދިނެވެ. މިޑިވިޝަންގައި ކުރިއަށްދާނީ ކޮންމެ ޓީމްއެއްގައި ހަތަރު ކުޅުންތެރިން ހިމަނައިގެންނެވެ. އެއީ ޓީމްއެއްގައި ތިން ފިރިހެން ކުޅުންތެރިންނާއި އެއް އަންހެން ކުޅުންތެރިން ހިމެނޭ ގޮތަށެވެ.

ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތުގައި 80 އަށް ވުރެއް ގިނަ ކުޅުންތެރިން ވާދަކުރާއިރު، ރާއްޖެއިން މިމުބާރާތުގައި ބައިވެރިވަނީ ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލްނެގި ދެ ކުޅުންތެރިން ކަމުގައިވާ އާދަމް ނަސީމް އާއި އަހުމަދު މުހައްމަދުއެވެ. އަދި އެމްވީވީގެ ބައެއް ކުޅުންތެރިންނެވެ.