ޚަބަރު

މަދިރި ރުޅިރުޅި ކެންޕޭންގެ ދަށުން އޭދަފުށި ސާފުކޮށްފި


މަދިރި ރުޅިރުޅި ކެންޕޭންގެ ދަށުން މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ އަތިރިމައްޗާ، އިޖްތިމާއީ ސަރަހައްދުތައް ސާފުކޮށްފިއެވެ.އޭދަފުށީގައި ހުންނަ ސަރުކާރު އިދާރާތަކާ، ކުންފުނިތަކުގެ މުވައްޒަފުން އަދި އާންމު ރައްޔިތުން ބައިވެރިވެގެން އެރަށުގައި ކުރިޔަށްގެންދިޔަ މިހަރަކާތުގައި ގިނަ އަދަދެއްގެ ކުނިނަގައި އެއްތަނަކަށް ޖަމާކުރެވުނުކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ.އެއިދާރާއިން ބުނީ މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ މަގްސަދުގައި ކުރިޔަށްގެންދިޔަ މިހަރަކާތުގައި ރަށުގެ ގިނަބަޔަކު ބައިވެރިވެފައިވާކަމުގައެވެ.އޭދަފުށީ ކައުންސިލްގެ ޒިންމާދާރުވެރިޔާ ނިއުމާ އަހްމަދު ވިދާޅުވީ މިކެންޕޭންގެ ދަށުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ގިނަ ހަރަކާތްތަކެއް އޭދަފުށީގައި ކުރިޔަށް ގެންދާނެކަމަށާ، އާންމުންގެ އެހީތެރިކަން މިކަމަށް ބޭނުންވާކަމުގައެވެ.މަދިރީގެ ޒަރީއާއިން ޖެހޭ ނުރައްކާތެރި ބަލިތަކުން ދިފާއުވުމަށް ބ. އަތޮޅުގެ ރަށްރަށުގައި މަދިރި ރުޅިރުޅި ކެންޕޭންގެ ދަށުން މިދިޔަ އަހަރުވެސް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ.