ޚަބަރު

ކޭބަލްތަކެއްގައި ރޯކޮށްލައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި


ހދ.ކުޅުދުއްފުށީގައި ކަރަންޓު ކޭބަލްތަކެއް ވަގަށްނަގައި އޭގައި ރޯކޮށްލައިގެން އުޅެނިކޮށް އިއްޔެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މެންދުރު 1:00 ހާއިރު ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ގެޔަކަށް ދިޔައިރު 22 އަހަރުގެ ފިރިހެނަކު، ގޭގެ ފާޚާނާއެއްގެ ތެރޭގައި އުޅުނީ ކަރަންޓު ކޭބަލްތަކުގައި ރޯކޮށްލައިގެން ކަމަށެވެ. ކޭބަލްތަކުގައި ރޯކޮށްލީ އޭގެ އިންސިއުލޭޝަން ދާފަރާ ދުއްވާލުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަލިފާން ރޯކޮށްލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާކަމަށާއި މީހަކަށްވެސް އަދި ޢިމާރާތަށްވެސް ގެއްލުމެއް ނުވާކަމަށެވެ. އަލިފާން ރޯކޮއްލި މީހާވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. އަދި މިމައްސަލަ އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.