ޚަބަރު

ޖޫރިމަނާ މާފް ކުރުމުގެ އިސްލާހު މަޖިލީހަށް ފޮނުވައިފި


ގަވާއިދާއި ޚިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓީކާ ޖަހައި ޓޯ ކުރުމުގެ ބާރު ފުލުހުންނަށްދީ، ޖޫރިމަނާ ފައިސާ ދައްކަން ނުޖެހޭގޮތަށްއެއްގަމު ދަތުރުފަތުގެ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.އެއިސްލާހުގައިވާގޮތުން ގޮތުން އެ ބިލް ގާނޫނަކަށްވެ އަމަލުކުރަން ފެށުމުގެ ކުރިން ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ނުދައްކާ ހުރި ޖޫރިމަނާ ފައިސާތައް މައާފްވާނެއެވެ. އަދި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެ.އެބިލް ހުށައެޅުމުގެ މަޤްޞަދުގައި ބުނެފައިވަނީ، ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުން ހަރަދު ކުޑަކުރުމާއި، ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ މައްސަލަ ހައްލުކޮށް އެކަމަށް ޒަމާނީ ފިޔަވަޅުތަކެއް ތައާރަފްކުރުމެވެ.ރައީސް ޔާމީން ޒުވާނުންނާ ބައްދަލުކުރައްވާ ވިދާޅުވެފައި ވަނީ، މަޖިލީހަށް ހުށަހަޅާފައިވާ ބިލް ގެ މަސައްކަތް ރަމަޟާން މަސްފެށުމުގެ ކުރިން ނިންމަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރޯދަމަސް އައުމުގެ ކުރިން ބިލްގެ މަސައްކަތް ނުނިމުނު ނަމަވެސް މިދައުރު ނިމުމުގެ ކުރިން އެ ބިލް ގެ މަސައްކަތް ނިންމަވައި، ޓްރެފިކް ޖޫރިމަނާތައް މާޢާފުކޮށްދެއްވާނެ ކަމަށެވެ.