ޚަބަރު

މިރޭ އޮލިމްޕަހަށް އަންނާނީ "ކާކު"؟



ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައިވާ ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު {މާއެބޫ}ގެ "ކާކު" މިރޭ އޮލިންޕަހުގެ ބޮޑު ސްކްރީން އަށް އަންނާނެއެވެ.

މިފިލްމުގެ ޓިކެޓް ވިއްކަންފަށާފާވާއިރު މި ފިލްމަކީ ޙަޤީޤީ ވާހަކައެއްގެ މައްޗައް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް މަޙުދީ އަޙްމަދު ސްކްރީން ޕްލޭ ތައްޔާރު ކޮށްގެން ގެނެސްދޭ ފިލްމެކެވެ. މިފިލްމުން ފެނިގެންދަނީ ރަޙުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެކެވެ.

މި ފިލްމުގެ ކާސްޓުންނަށް ބަލާލާއިރު މަޝްހޫރު ޙާމިދު އަލީ އާއި ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް ސޮބާ "ކުޑަސޮބާ" އާއި ޝާފިޢު މުޙައްމަދާއި، އިރްފާނާ އިބްރާހީމް (އިރޫ) ގެ އިތުރުން މި ދާއިރާއަށް އަލަށް ނުކުންނަ ޢާއިޝާތު ޔާސިރާވެސް ފެނިގެން ދެއެވެ.

މި ފިލްމަކީ ބިރުވެރި ފިލްކަމަށް ވެގެންދާއިރު މިއީ ބިރުވެރި ފިލްމުތަކަށް ޝައުގުވެރިވާ ފަރާތް ތަކަށް ލިބިގެންދާނެ ރަގަޅު ފުރުސަތެކެވެ.
"ކާކު"ގެ އިންތިޒާރުގައި ތިބި ފަރާތް ތަކަށް މިރޭ ޖަވާބު ލިގެންދާނެއެވެ.