ލ ގަމުގައި ވައްކަން ކުރި މީހަކު ގަން ހިންގައިފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު 15:30 ގައި ލ.ގަމުގައި ހިނގި ވައްކަމުގެ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށާއި އެ މައްސަލަ ތަހުޤީޤުކުރަމުން އަންނަކަމަށެވެ.
ފުލުހުން ވިދާޅުވީ ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހާ ގަން ހިނގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްވެސް އެ އިދާރާއިން ބަލަމުން އަންކަމަށެވެ. އެހެންނަމަވެސް މި ދެ މައްސަލާގައިވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ލ ގަމުގައި ވައްކަން ކުރިކަމަށް ބުނާ މީހަކު ގަން ހިނގި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާޢްމުކޮށްފައެވެ. މި ވީޑިއޯ އިން ފެންނަ ގޮތުގައި އެމީހާ ގަން ހިންގާފައިވަނީ ބޮލުގެ އިސްތަށިގަނޑު އެއްބައި ބޭލުމަށްފަހު އެވެ. އަދި އެމީހާ ވައްކަން ކުރިކަމަށް އިއުތިރާފުވާތަންވެސް މި ވީޑިއޯ އިން ފެނެއެވެ.