ޚަބަރު

ބޯކޮށް ވާރޭވެހި އޭދަފުށީިގައި ފެންބޮޑުވެއްޖެ


ބޯކޮށް ވާރޭވެހި އޭދަފުށީގައި ވަރަށްބޮޑަށް ފެންބޮޑުވެއްޖެއެވެ. ބައެއްގެތަކަށް ފެންވަންނަމުންދާތީ ވެލިބަސްތާ ޖެއްސުމުގެ މަސައްކަތްވަނީކޮށްފައެވެ.

މިރޭ ގާއްތްގަޑަކަށް 07:20 އެހައިކަންހާއިރު ވެހެންފެށި ވާރޭ މެދުކެނޑުމެއްނެތި އަދިވެއްސް ދަނީ ވެހެމުންނެވެ. ފެންބޮޑުވުމާ ގުޅިގެން އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ބ.އަތޮޅު ކައުންސިލް އާ އޭދަފުށީ ކައުންސިލްގެ އިތުރުން ޕީޖީ އޮފީހުގެ މުވައްޒަފުން ނުކުމެ ވަނީ ފެންވަންމުންދާ ގޭގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖައްސާފައެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ޢާންމުން ބޭނުންވި އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށާ، ފެން ބޮޑުވުމުގެ ސަބަބުން އަދި މިހާތަނަށް އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

ފެން ބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެފައިވުމާ އެކު، ޢާއްމުގެ ބަޔަކު ނުކުމެ ގޭގޭގެ އެތެރެއަށް ފެން ވަނަނުދިނުމަށްޓަކައި ވަނީ ވެލިބަސްތާ ޖަހައިފައެވެ.

ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ބ.އަތޮޅުގެ އެހެން އެއްވެސް ރަށެއްގައި ފެންބޮޑުވެ އެހީތެރިކަމަށް އެދިފައިނުވާކަމަށް ބ.އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.
މަގުތަކުގައި ދުއްވަމުންދާއިރު މަގުހެދުމަށްޓަކައި ހަދާފައި ހުރި ކާނު ތަކަށް ސަމާލުވުމަށް އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިލްތިމާސްކުރެއެވެ.

އެފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމަށް ތައްޔާރަށް ތިބިކަމަށްވެސް ބ.އަތޮޅު ކައުންސިލުން ވިދާޅުވެއެވެ. ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުރުރުމާއެކު ބޯކޮށް ވިއްސާރަކުރާނެއެވެ.