ޚަބަރު

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި


ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ނައްތާލާފައިވަނީ ކަސްޓަމްސްގެ ބޮންޑެޑް ވެއަރހައުސްގައި ހުރި ބަނގުރާކަމަށް އެ އިދާރާއިން ބުނެއެވެ. އޭގެތޭގައި ފުޅީގައި ބަންދުކޮށްފައިވާ ރަލާއި، ޕެކެޓްކޮށްފައި ހުރި ރަލާއި، އަދި ރާ އަޅާފައިހުރި ބެރެލްތައް ހިމެނެއެވެ.

ކަސްޓަމްސްއިން އާމުންކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މީގެ ތެރޭގައި ހިމެނެނީ 4242 ރާ ފުޅިއާއި، ރާ އަޅާ ބަންދުކޮށްފައިހުރި 7784 ޕެކެޓާއި، ރާ އަޅާފައިވާ 5 ކިލޯގެ ބެރެލްއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ ނައްތާލި ބަނގުރަލަކީ މުއްދަތު ހަމަވެފައިވާ ބަނގުރާކަމަށެެވެ. އެތަކެތި ނައްތާލާފައިވާނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ މުއްދަތު ހަމަވުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާ އުސޫލުގެ ދަށުންނެވެ.

ކަސްޓަމްސްއިން ދަނީ މިގޮތަށް ދުވަސް ހަމަވެފައިވާ ބަނގުރާފަދަ ތަކެއްޗާއި، އަދި ގަވައިދާއި ޚިލާފައި ރާއްޖޭ އެތެރެކުރާ ބަނގުރާފަދަ ތަކެތި ނައްތާލަމުންނެވެ.