ޚަބަރު

3 މީހުންނާއިއެކު ގެއްލުނު ޑައިވިންގ ދޯނި ފެނިއްޖެ


3 ދިވެހިންނާއި އެކު ގެއްލުނު "މޫރިތި" ނަމަކަށްކިޔާ ޑައިވިންގ ދޯނި ފެނިއްޖެއެވެ. މި ދޯނި ގެއްލިގެން ހޯދަމުން ދަނިކޮށް ދޯނީގެ ޚަބަރެއްވީ 11:20ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ދޯނި ކަނޑުމަތީގައި އުޅެނިކޮށް އިންޖީނަށް މައްސަލައެއް ދިމާވިކަމަށެވެ. އެހެންނަމަވެސް މިހާރު އެހެން އުޅަނދެއްގެ އެހީއާއިއެކު އެ ދޯނި ލ.އަތޮޅަށް ދަތުރުކުރަމުންދާކަމަށެވެ. އަދި މީހުންގެ ޙާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފުން މަޢުލޫލޫމާތުދެއްވައެވެ.