ކުޅިވަރު

މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ޗައިނީސް ތައިޕޭގެ ޕެއާއިން ހޯދައިފި


މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފިއުޗަރ ސީރީސްގެ މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ޗައިނީސް ތައިޕޭގެ ލޫ ޗިއަ ޕިން އާއި ލިން ވަން ޗިންގ ގެ ޕެއާއިން ހޯދައިފިއެވެ.

މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ޗައިނީސް ތައިޕޭގެ ޕެއާއިން ހޯދީ ފައިނަލުގައި މެލޭޝިއާގެ ރޫބެންރާޖް އާއި ވެނޯޝާގެ ޕެއާއާއި ވާދަކޮށް ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ތައިލޭންޑްގެ ޕެއާ ފެނުނީ ވަރަށް ދައްކޮށެވެ. އޭގެބޭނުންހިފައި ޗައިނީސް ތައިޕޭއީއިން ފުރަތަމަ ސެޓު ގެންދިޔައީ ފަސޭހަކަމާއިއެކު 21-10އިންނެވެ. ދެވަނަ ސެޓުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ކައިރި ކައިރީގައި ސްކޯ ދިއުމަށްފަހު ސެޓުގެ ފަހު ވަގުތު ޗައިނީސް ތައިޕޭއިން 21-18އިން ސެޓް ހޯދައި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ލޫ ޗިއަ ޕިން ބުނީ ފައިނަލް މެޗް ކާމިޔާބުކޮށް ޗެމްޕިއަންކަން ލިބުމުން ވަރަށް ހިތްހަމަޖެހޭކަމަށް. ފައިނަލް މެޗަށް ނިކުތީ ވަރަށް ވާދަވެރި މެޗަކަށްވާނެކަމަށް ވިސްނައިގެންކަމަށާއި، ކާމިޔާބީ ލިބުނީ އެހެންވެގެންކަމަށް ޗެމްޕިއަންކަން ހޯދި ޕެއަރއިން ބުނި.

"މެޗުން މޮޅުވުމުގައި އަޅުގަނޑާއި އެކު ލިން ވަން ޗިންގ ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ. ދެ މީހުންގެ ގުޅުން ވަރަށް ރަގަނޅު. މިއީ ޗެންޕިއަންކަން އަސްލުގައި ލިބުމުގެ ހަގީގަތަކީ. ކޯޓް މަތީގައި ގުޅުން ވަރަށް ރަގަނޅު އަދި އިދިކޮޅުން ބައްދަލުކުރި މެލޭޝިއާގެ ޕެއަރއަށް ވުރެއް އަޅުގަނޑުމެން ކޯޓްމަތީގައި ރަގަނޅަށް ކުޅުމުން. މުބާރާތުގައި ކުޅުނު ހުރިހާ މެޗްއަކަށް ވުރެއް ފައިނަލް މެޗް ވަރަށް އުދަގޫވި. އެއީ މެލޭޝިއާގެ ޕެއަރވެސް ވަރަށް ރަގަނޅަށް ކުޅުމުން. ނަމަވެސް ޗެންޕިއަންކަން ލިބުނީ އެޓީމްއަށް ބަލި ފައިތަށް ރަގަނޅަށް ދަސްކޮށްގެން ކުޅުމުން." މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ޗައިނީސް ތައިޕޭއީގެ ލޫ ޗިއަ ޕިން ބުންޏެވެ.