 
										 
										
			ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 868 ދަރިވަރުން ދަސްވެނިވެއްޖެއެވެ. މި ދަރުވަރުންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. 
ދަރުބާރުގޭގައި ބޭއްވި ދަސްވެނިމުގެ ޙަފްލާގައިވަނީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުން ދަސްވެނިވި ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. މީގެތެރޭގައި ޑިޕްލޮމާ، ޑިގްރީ، މާސްޓަރ ޑިގްރީ ހާސިލްކުރި ދަރިވަރުންނަށްވަނީ އެކަމުގެ ލިޔުން ދެއްވާފައެވެ. 
އެމްއެންޔޫއިން މިބުރުގައި 868 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެތެރެއިން ތަޢުލީމީ ދާއިރާއާއި، އައިޓީ، ސިއްޙީ އަދި ހޮސްޕިޓަލިޓީ ދާއިރާއިންވެސް ދަރިވަރުންވަނީ ދަސްވެނިވެފައެވެ.
އެންމެ ގިނަ ދަރިވަރުން ދަސްވެނިވެފައިވަނީ ނަރސިންގެގެ ދާއިރާއިންނެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.މުޙައްމަދު ޝަރީފް ވިދާޅުވީ ޔުނިވަރސިޓީގެ ޢަމާޒަކީ ޔުނިވަރސިޓީން ކިޔަވާ ދަރިވަރުން އިތުރުކޮށް މުޖުތަމަޢުއަށް ލިބޭ ފައިދާ ބޮޑުކުރުންކަަމަށެވެ. އެގޮތުން ޑިގްރީ ޕްރޮގްރާމަށް ހިލޭ ކިޔެވޭނެ ފުރުސަތު ސަރުކާރުން ހަޖައްސައިދިނުމާއިއެކު، މާލީ ދަތިކަމުގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ނުލިބި ތިބި އެތަށް ކުދިންނަކަށް ފުރުސަތު ލިބިގެންދިޔަކަން މުޙައްމަދު ޝަރީފް ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ ކުދިން ތަޢުލީމު އުނގެނުމުގައި ޝާމިލްވާ މިންވަރު އިތުރުވުމަކީ ކުންކުރުން މަދުވެ، ބޭނުންވާ ދާއިރާތަކަށް މީހުން ލިބި އަދި އަމިއްލަ ވިޔަފާރިތައް ފުޅާވެ އޭގެ ހެޔޮ މަންފާ އިޤްތިޞާދަށްވެސް ކުރާނެ ކަމެއްކަމަށެވެ.
"ޔުނިވާސިޓީން މަސައްކަތް ކުރަނީ ކުދިންނަށް ފެންވަރު ރަނގަޅު އިލްމެއް ފޯރުކޮށްދިނުން. ވަސީލަތްތައް އިތުރުކޮށް، ނަތީޖާވެސް އިތުރަށް ރަނަގަޅުކުރާނަން." ޝަރީފް ވިދާޅުވިއެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަރުކާރުގެ އިސް މަޤާމުތަކެއް ކުރިން ފުރުއްވި ބަންދު އިބްރާހީމް ސަލީމެވެ. ދަރިވަރުންނާއި މުޚާތަބުކޮށް ވާހަކަދައްވަމުން ބަންދު އިބްރާހީމް ސަލީމް ވިދާޅުވީ ކުރިއަރަމުންދާ ގަޢުމުތަކުން މަސައްކަތްކުރާ ގޮތް ބަލައި އެކަންކަމުން ދަރިވަރުން މިސާލު ނަގަންޖެހޭކަމަށެވެ. ސަލީމް ވިދާޅުވީ ކުރިއަށް އޮތްތާންގައި ޤައުމުގެ ކަންކަން ނިންމަން ތިބި ބަޔަކީ ދަސްވެނިވެގެން މި ނިކުންނަ ދަރިވަރުންކަމަށެވެ. ސަލީމް ވިދާޅުވީ މިހާރުންސުރެ ޢަމާޒުތަކެއް ކަނޑައަޅައި، ރާއްޖޭ ދާންވީ މިސްރާބު ކަނޑައަޅަންޖެހޭކަމަށެވެ.
"ބުރަވެގެން މަސައްކަތް ދޫކޮށް ދިއުމަކީ ޙައްލެއް ނޫން. ކަންކަމާއި ކުރިމަތިލާންޖެހޭ. ކަންކަން ތަޙައްމަލްކުރަން ދަސްކޮށް ކާމިޔާބު ހޯދަންޖެހޭ." ބަންދު އިބްރާހީމް ސަލީމް ވިދާޅުވިއެވެ. 
ގާއުމީ ޔުނިވަރސިޓީން ގެނދަނީ މާލޭގެ އިތުރުން، އަތޮޅުތަކުގައި ދިރިއުޅޭ ކުދިންނަށް ފަސޭހައިން ތަޢުލީމު ޙާސިލްކުރެވޭނެ ގޮތް ހެދުމަށް، އަތޮޅުތެރޭގައިވެސް  ޔުނިވަރސިޓީގެ ކެމްޕަސްތައް ހިންގަމުންނެވެ. އެމްއެންޔޫޣައި އެކި ދާރާތަކުން 9 ފެކަލްޓީއެއްގައި ދަނީ ތަޢުލީމު ދެމުންނެވެ.
		
 
										 
										
			
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.މުޙައްމަދު ޝަރީފް ވިދާޅުވީ ޔުނިވަރސިޓީގެ ޢަމާޒަކީ ޔުނިވަރސިޓީން ކިޔަވާ ދަރިވަރުން އިތުރުކޮށް މުޖުތަމަޢުއަށް ލިބޭ ފައިދާ ބޮޑުކުރުންކަަމަށެވެ. އެގޮތުން ޑިގްރީ ޕްރޮގްރާމަށް ހިލޭ ކިޔެވޭނެ ފުރުސަތު ސަރުކާރުން ހަޖައްސައިދިނުމާއިއެކު، މާލީ ދަތިކަމުގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ނުލިބި ތިބި އެތަށް ކުދިންނަކަށް ފުރުސަތު ލިބިގެންދިޔަކަން މުޙައްމަދު ޝަރީފް ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ ކުދިން ތަޢުލީމު އުނގެނުމުގައި ޝާމިލްވާ މިންވަރު އިތުރުވުމަކީ ކުންކުރުން މަދުވެ، ބޭނުންވާ ދާއިރާތަކަށް މީހުން ލިބި އަދި އަމިއްލަ ވިޔަފާރިތައް ފުޅާވެ އޭގެ ހެޔޮ މަންފާ އިޤްތިޞާދަށްވެސް ކުރާނެ ކަމެއްކަމަށެވެ.
"ޔުނިވާސިޓީން މަސައްކަތް ކުރަނީ ކުދިންނަށް ފެންވަރު ރަނގަޅު އިލްމެއް ފޯރުކޮށްދިނުން. ވަސީލަތްތައް އިތުރުކޮށް، ނަތީޖާވެސް އިތުރަށް ރަނަގަޅުކުރާނަން." ޝަރީފް ވިދާޅުވިއެވެ..
		
 
										 
										 
										
			
ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަރުކާރުގެ އިސް މަޤާމުތަކެއް ކުރިން ފުރުއްވި ބަންދު އިބްރާހީމް ސަލީމެވެ. ދަރިވަރުންނާއި މުޚާތަބުކޮށް ވާހަކަދައްވަމުން ބަންދު އިބްރާހީމް ސަލީމް ވިދާޅުވީ ކުރިއަރަމުންދާ ގަޢުމުތަކުން މަސައްކަތްކުރާ ގޮތް ބަލައި އެކަންކަމުން ދަރިވަރުން މިސާލު ނަގަންޖެހޭކަމަށެވެ. ސަލީމް ވިދާޅުވީ ކުރިއަށް އޮތްތާންގައި ޤައުމުގެ ކަންކަން ނިންމަން ތިބި ބަޔަކީ ދަސްވެނިވެގެން މި ނިކުންނަ ދަރިވަރުންކަމަށެވެ. ސަލީމް ވިދާޅުވީ މިހާރުންސުރެ ޢަމާޒުތަކެއް ކަނޑައަޅައި، ރާއްޖޭ ދާންވީ މިސްރާބު ކަނޑައަޅަންޖެހޭކަމަށެވެ.
"ބުރަވެގެން މަސައްކަތް ދޫކޮށް ދިއުމަކީ ޙައްލެއް ނޫން. ކަންކަމާއި ކުރިމަތިލާންޖެހޭ. ކަންކަން ތަޙައްމަލްކުރަން ދަސްކޮށް ކާމިޔާބު ހޯދަންޖެހޭ." ބަންދު އިބްރާހީމް ސަލީމް ވިދާޅުވިއެވެ. 
ގާއުމީ ޔުނިވަރސިޓީން ގެނދަނީ މާލޭގެ އިތުރުން، އަތޮޅުތަކުގައި ދިރިއުޅޭ ކުދިންނަށް ފަސޭހައިން ތަޢުލީމު ޙާސިލްކުރެވޭނެ ގޮތް ހެދުމަށް، އަތޮޅުތެރޭގައިވެސް  ޔުނިވަރސިޓީގެ ކެމްޕަސްތައް ހިންގަމުންނެވެ. އެމްއެންޔޫޣައި އެކި ދާރާތަކުން 9 ފެކަލްޓީއެއްގައި ދަނީ ތަޢުލީމު ދެމުންނެވެ..