ވިޔަފާރި

ސްރީލަންކަން އެއަރލައިންސްއިން އައްޑޫސިޓީ ގަން އިޝްތިހާރުކުރަނީ


އައްޑޫ ސިޓީ ގަން، ޗައިނާ އަދި އިންޑިއާ މާކެޓަށް އިތުރަށް އިޝްތިހާރު ކުރުމަށް މަސައްކަތްކުރާނެކަމަށް ސްރީލަންކަން އެއާލައިންސް އިން އައްޑޫސިޓީ ގަން ސަރަހައްދަށް ކަނޑައެޅި އާ އޭރިއާ މެނޭޖާރ ނައޯމީ ތެންނަކޫން ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ކައުންސިލާއި އެކު ތަޢާރަފުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔަޔޯމީ ވިދާޅުވީ، އައްޑޫ ސިޓީއަށް ފްލައިޓުތައް އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މިހާރު ފްލައިޓު އިތުރު ކުރުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ކަނެކްޓިން ފްލައިޓެއް ނެތުނުް ކަމާށާއި މިމައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، މިހާރަށް ވުރެ ބޮޑަށް އިންޑިއާ އަދި ޗައިނާ މާކެޓުގައި އައްޑޫ އިޝްތިހާރު ކުރަން ޖެހޭ ކަމަށާއި އެހެން ކަމުން އެކަމުގައިވެސް އެފަރާތެއް ދެވެން ހުރި އެއްބާރުލުމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ސްރީލަންކަން އިން އައްޑޫ މިސަރަހައްދަށް ކުރިން ކަނޑައަޅާފައި ހުންނަ ސުމަން އުދަޔަ ކުމާރަން ވަނީ ބައިވެރިވެފައެވެ. އޭނާގެ ދައުރުގައި ސްރީލަންކަން އިން އައްޑޫ ސަރަހައްދުގައި މެޑިކަލް ކޭމްޕް އަދި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގަމުގެ ވައިގެ ބަނދަރުގައި ޝެޑިއުލްކޮށް މިވަގުތު ޖައްސާ ހަމައެކަނި ބައިނަލްއަޤްވާމީ ފްލައިޓަކީ ސްރީލަންކަން އެއާލައިންސްއެވެ. ގަމަށް ހަފްތާއަކު ތިން ފްލައިޓު ސްރީލަންކަން އެއާލައިންސްއިން އޮޕަރޭޓްކުރެއެވެ. އަދި ސީޒަނަލްކޮށް ފްލައިޓް އިތުރުވެސް ކުރެއެވެ.